ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ބައެއް ކުންފުނިތަކުން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލިތާ މަސް ދުވަސްވެއްޖެއެއެވެ. އެވްރެޖްކޮށް ކޮންމެ މަހަކު 20 ސައިކަލް އިންސްޓޯލްމެންޓަށް ވިއްކަމުން އައި ބައެއް ފިހާރަތަކަށް މިހާރު ވިކެނީ 10 ސައިކަލެވެ.
މި މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރަން ފިހާރަތަކުން ވަނީ އެދިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން ކުންފުނިތަކުގެ ނަމުގައި ސައިކަލް ނުނެގޭނެ އެވެ. އަދި އިންސްޓޯލްމެންޓަށް ނެގި ނަމަވެސް ރަޖިސްޓްރީ އޮންނަން ޖެހޭނީ އެ ނަގާ މީހާގެ ނަމުގައެވެ. މިކަމުން ސައިކަލަށް ފައިސާ ނުދައްކާ ހާލަތުގައި އަނބުރާ ނެގުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށް ފިހާރަތަކުން ވަނީ ބުނެފައެވެ.