
މި ރިސޯޓް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ފައިސަލް އެވެ.
އެނބޫދޫ ފަޅުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ މި ރިސޯޓަކީ 82 ކޮޓަރީގެ ރިސޯޓެކެވެ. މި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި މި އަހަރު އިތުރު ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ހުޅުވިގެންދާނެ އެވެ. އޭގެ ތެރޭގައި ފޭދޫ ފިނޮޅު ފަޅުގައި ޗައިނާގެ ކުންފުންޏަކުން ހަދައި، ދުސިތާނީ ކުންފުނިން މެނޭޖްކުރާ ރިސޯޓެއް މާރިޗު މަހު ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.
މެރިއޮޓް އިންޓަނޭޝަނަލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ބްރޭންޑެވެ. މި ކުންފުނިން ރާއްޖޭގައި މިހާރު ހިންގަމުންދަނީ ލެ މެރީޑިއަން، ސެއިންޓް ރީޖަސް، ޝެރަޓަން، ޖޭޑަބްލިއު މެރިއޮޓް، ޑަބްލިއު މޯލްޑިވްސް އަދި ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ހިމެނޭ ގޮތަށް ޖުމުލަ އަށް ރިސޯޓެވެ.