ads
އިންޑިއާގެ އެކްސްޕޯޓު ބަނދަރެއް
އިންޑިއާއިން ރާއްޖެއަށް ހިލަވެލި، ބިސް، އަލުވި އަދި ހަނޑުލުގެ އެކްސްޕޯޓް ކޯޓާ އިތުރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބިސް، އަލުވި އަދި ހަނޑޫގެ އެކްސްޕޯޓް ކޯޓާ އިތުރުކޮށްފިއެވެ.
Advertisement

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ 2025އަދި 2026 ވަނަ މާލީ އަހަރަށް ރާއްޖެއަށް ފޮނުވާ އަސާސީ ތަކެތީގެ އެކްސްޕޯޓް ކޯޓާގެ އަޕްޑޭޓެޑް ލިސްޓެއް އިއުލާންކޮށްފައެވެ.

މި އިންތިޒާމަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ކަމެކެވެ. އަދި މި ހުއްދަދެވިފައިވާ އެކްސްޕޯޓްތަކަށް މިހާރު ނުވަތަ ކުރިއަށް އޮތްތާގައި ގެނެވޭ އެއްވެސް ވިޔަފާރީގެ ހަނިކުރުމެއް މި ބާވަތަތްކަށް ނުހިގާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ކޯޓާ އިތުރުކުރި ތަކެތި ފޮނުވާނީ މުންދްރާ، ޓުޓިކޮރިން، އަދި ކަންދްލާ ފަދަ ކަނޑައެޅިފައިވާ ކަސްޓަމްސް ބަނދަރުތައް މެދުވެރިކޮށެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގައި ވެއްޔާއި ހިލަ އެކްސްޕޯޓްކުރުމަށް ތިމާވެށީގެ ޕްރޮޓޮކޯލްތަކެއްވެސް ހިމެނެއެވެ. މިއީ ރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކެޕެކްސިލްއަށް ވަނީ ތިމާވެށީގެ މިންގަނޑުތަކާ އެއްގޮތަށް މިކަން ކުރިއަށްދޭތޯ ބެލުމުގެ ޒިންމާ ހަވާލުކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ވަނީ ފާއިތުވީ ދެ އަހަރު ދުވަހުގެތެރޭ ގައި 978.53 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް