ads
ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ "އީ-އެސްތޯނިއާ" ބްރީފިން ސެންޓަރަށް ރައީސް ޒިޔާރަތްކުރައްވައިފި
އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
Advertisement

އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިން ސެންޓާގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސާވިސަސް ޑިވިޝަންގެ އެކްޓިން ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓާޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރު، ޔޯނަސް ވަންޓޯ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޒިޔާރަތުގައި، ރައީސް އަށާއި ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. އޭގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމައު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުހަޅާފައިވާކަަމަށް ރައީސް އޮފީހުން ބުނެއެވެ.

އީ އެސްޓޯނިއާ ބްރީފިން ސެންޓަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް އިލްމު ފެތުރުމުގެ އެސްޓޯނިއާ ޓެކްންޑާ ގްލޯބަލް ޕާޓްނަރުން ގުޅުވައިދޭ ސެންޓަރެކެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ރައީސުންގެ މެދު އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އިޝާރާތްކޮށް ރައީސް މުއިއްޒު އެކްސް މެދުވެރިކޮށް ކުރެއްވި ވިދާޅުވީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ކުރެވުނު އުފެއްދުންތެރި މަޝްވަރާތައް އަދި އެ ބައްދަލުވުން ވެގެން ދިޔައީ ވަރަށް  ހިތްގައިމު ބައްދަލުވުމަކަަށް ކަމަށެވެ.

ހުރިހާ ބައްދަލުވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އާ އިޖާދުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އެސްޓޯނިއާއިން ހޯދައިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް