މި މަޝްރޫއުގެ ދަށުން މިސްކިތުގެ ނަމާދުކުރާ ސަރަހައްދުގައި އޭސީ ހަރުކުރުމާއި، ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އިއްޔެ މިސްކިތަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ މިސްކިތުގެ ވުލޫކުރާ ސަރަހައްދުގެ ހިޔާކުރެވިފައިވާ ބައި އިތުރަށް ބޮޑުކުރެވޭނެ ކަމަށެވެ. އަދި އިތުރު ފާހާނާއެއް ވެސް އިމާރާތް ކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މިސްކިތުގައި ހަރުކުރާ އޭސީ ހަދިޔާ ކުރައްވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް ވަނީ ރޭވިފައެވެ.
700 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި މިސްކިތަކީ ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ތަނެކެވެ.