ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އެސްޓޯނިޔާގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް، އިތުރަށް ތަރައްގީކުރުމަށް ކުރި މަސައްކަތްތަކުގެ މައުލޫމާތު ރައީސް މުއިއްޒު ހޯއްދަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ހާރިޖީ މިނިސްޓަރު އަބްދުﷲ ހަލީލާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިޖިޓަލް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ އެސްޓޯނިޔާގެ ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އެގައުމުގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.