ads
ގާޒާ އަށް ޔަހޫދީން ދިން ބޮމުގެ ހަމަލާއެއްގައި ގާޒާގެ ގެދޮރުތައް ވަނީ ފަނާކޮށްފައި
ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އެއްބަސްވުމުން ރައީސްގެ މަރުހަބާ
ފަލަސްތީނުގެ ގާޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.
Advertisement

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމުރު ނެރެފަ އެވެ.  

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެކުލަވާލި އެއްބަސްވުމަށް އިޒްރޭލާއި ހަމާސް އިން ވެސް މިހާރު ވަނީ ރުހުން ދީފަ އެވެ.

މި ނިންމުމާ ގުޅިގެން އުފާ ފާޅުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަނގުރާމައަށް 15 މަސް ފަހުން ހަމަލާތައް ހުއްޓާލަން އެއްބަސްވި ހަބަރު އަޑުއިވުމުން ހިތްހަމަޖެހޭ ކަމަށެވެ.

މި ޕޯސްޓުގައި ވަނީ ހަނގުރާމަ ހުއްޓާލުން ދެމެހެއްޓުމަށާއި، ހިޖުރަކޮށްފައިވާ މީހުން އެނބުރި ގައުމަށް އާދެވޭކަން ކަށަވަރުކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމާގުޅުންހުރި ފަރާތްތަކަށް ގޮވައިލާފައެވެ.

އަދި ފަލަސްތީނު އަލުން އާބާދުކުރުމަށް ބޭނުންވާ ސަޕޯޓު ވަގުތުން ފޯރުކޮށްދިނުމަށް ވެސް ގޮވައިލާފައި ވެއެވެ.

މި އެއްބަސްވުމުގައި ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަން ކުރުން ވެސް ހިމެނެ އެވެ. އަދި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ވެސް މި އެއްބަސްވުމުގެ ދަށުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

your image

ހަމާސްގެ ހައްޔަރުގައި ތިބި އަސީރުން މިނިވަންކުރުމުގައި އެއްބަސްވެފައި އޮތް ގޮތަކީ، ހަމާސްއިން ދޫކޮށްލާ ކޮންމެ ޔަހޫދީއަކަށް، އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީންގެ ތެރެއިން 30 މީހަކު މިނިވަންކުރުން ހިމެނެ އެވެ.

އަދި ހަނގުރާމަ ހުއްޓާލާފައި އޮންނަ ކޮމެ ދުވަހަކަށް 600 ލޮރީގެ އެހީ އިންސާނީ އެހީގެ ގޮތުގައި ޣައްޒާއަށް އެތެރެކުރަން ޖެހޭނެ ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

ފާއިތުވި 15 މަސްދުވަހު އިސްރާއީލުން ވަނީ ގާޒާގެ އާންމުން މަރައި އާންމުން ބަނޑަށް ޖައްސައި ބިރުދައްކައި ގަދަބާރު ބޭނުންކޮށްގެން ހަމާސް ބަލިކުރެވޭނެކަމަށް ބުނެ ހަމާސް ބަލިކޮށްގެން ނޫންގޮތަކަށް ރަހީނުން މިނިވަން ކުރުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް