ސައިފް އަލީ ހާންގެ ކަރަށް ވަޅި ހަރައިފ، ހޮސްޕިޓަލުގައި ފަރުވާ ދެނީ
އިމާދު އަލީ
16 ޖެނުއަރީ 2025 - 09:37:33
މަޝްހޫރު ބޮލިވުޑް ތަރި ސައިފް އަލީ ހާނަށްގެ މުންބާއީގައި ހުންނަ ގެއަށް މީހަކު ވަދެ ވަޅިން ހަމަލާދީފިއެވެ.
މި ހާދިސާގައި އަނިޔާވި ސައިފް އަށް މިހާރު އަންނަނީ ލީލަވަތީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ކަރާއި ބުރަކަށްޓަށް ވަނީ ޒަހަމްތައް ލިބިފައެވެ.
"ސްކްރީން" މަޖައްލާއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މި ހާދިސާ ހިނގީ ރޭ މެންދަމު 2:30 ހާއިރުގައި ކަމަށެވެ. ގެއަށް ވަދެ އުޅޭ މީހަކު ފެނުމުން ގޭގައި ތިބި ނޯކަރުންގެ ތެރެއިން މީހަކު އަޑުގަދަކޮށް ހަޅޭލަވައި ގޮވުމުން ސައިފް އައި ވަގުތު ވައްކަން ކުރަން ވަދެ އުޅުނު މީހަކު އޭނާއަށް ވަޅިން ހަމަލާދިން ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ސައިފްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު އޭނާއަށް ސަރޖަރީއެއް ކުރަމުންދާ ކަމަށާއި، މިއީ ފުލުހުންގެ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ދޭނީ ފަހުން ކަމަށެވެ. އަދި މީޑިއާ އާއި ފޭނުންނަށް ކެތްތެރިވުމަށް އެދިފައިވެއެވެ.
- ސައިފް އަލީ ކާނުގެ ގެއަށް ވަގަކު ވަދެ ވަޅިން ހަމަލާދިން
- ހާދިސާ ހިނގީ ރޭގަނޑު 2:30 ހާއިރު
- ކަރާއި ބުރަކަށީގައި އަނިޔާވި
- ލީލަވަތީ ހޮސްޕިޓަލުގައި ފަރުވާދެމުންދޭ
- ހަމަލާދިން މީހާ އަދި ހޯދިފައެއް ނުވޭ
25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް