ads
ބްރޯޑްކޮމްއަށް އައްޔަންކުރި ސަރާހަތާ ، މުހަންމާ
ޝިފްޒާ ކަޓުވާލާ, ބްރޯޑްކޮމްއަށް އައްޔަންކުރީ ސަރާހަތާ ، މުހަންމާ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ކުރީގެ މެމްބަރު މުހައްމަދު އަބްދު ﷲ (މުހައްމާ) އާއި އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
Advertisement

ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

ދައުރުން ބޭރުން މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ  ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ގޮނޑިއަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ތަޅުމުގައި ވޯޓަށް އެހިއެވެ. 

ބްރޯޑްކޮމް ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް 68 މެމްބަރުން ވަނީ ވޯޓުދެއްވައިފައެވެ. ކޮމިޝަނަށް މުހަންމާ އައްޔަންކުރަން ފެންނަކަމަށް ވޯޓް ދެއްވީ 58 މެމްބަރުންނެވެ. 

ކޮމެޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބުނު  ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެމްބަރުން ވޯޓް ދެއްވިއެވެ. ފެންނަ ކަމަށް ވޯޓް  ދެއްވީ 11 މެމްބަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް