ކާކުކަން ހާމަނުކޮށް ފުލުހުން ބުނީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މިިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވުމަށްފަހު އިންތިހާބުފެ ދެވަނަ ބުރުގައި މާޒް ސަލީމް ވަނީ އެމްޑީޕީއަށް ތާއިދުކޮށް އެޕާޓީގެ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ. އަދި އޭގެ ފަހުން އެމްޑީޕީއަށް ސޮއިކޮށް އެބްމެ ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވަނީ ވާދަކޮށްފައެވެ.
ފަހަކަށް އައިސް މާޒް ސަލީމް ގެންދަވަނީ އެކި މައްސަލަތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުންނެވެ.