ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ވައްކަމުގެ ދެ މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފި
މާލޭގައި ހިނގި ވައްކަމުގެ ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ވައްކަމުގެ އެއް މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީ، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކާ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މީގެ ތެރެއިން 32 އަހަރުގެ މީހާއަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތް ކުރާ މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވެއެވެ. މި މައްސަލައިގައި ހިމެނޭ އަނެއް މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެއީ ބަންދު ރެކޯޑްތައް ގިނަ މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައިއެވެ.

ވައްކަމުގެ އަނެއް މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށްވެސް 10 ދުވަސް ޖަހާފައިވާއިރު، މި މީހާއަކީވެސް ގިނަ އަދަދެއްގެ ބަންދު ރެކޯޑް އޮންނަ މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް