އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެމްބަރާ ހަމައަށް ލިބުނު އާމްދަނީއަކީ 5.42 ބިލިއަން ޑޮލަރެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13 ޕަސަންޓުގެ ކުރިއެރުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވަނީ 25 ޕަސަންޓަށެވެ.
"މޯލްޑިވްސް އިކޮނޮމީ ޓުޑޭ" ގައި ބުނެފައިވާގޮތުން ޔޫރަޕަކީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ މުހިންމު މާކެޓް ކަމުގައިވީ ނަމަވެސް، މުއްސަނދި ޔޫރަޕުގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފައެވެ. މިގޮތުން އުތުރު އަދި ހުޅަނގު ޔޫރަޕުގެ މާކެޓް ހިއްސާ ވަނީ ފާއިތުވި 23 އަހަރުގެ ތެރޭގައި ބޮޑުތަނުން ދަށްވެފައިވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ މެދު އަދި އިރުމަތީ ޔޫރަޕުގެ ގައުމުތަކުންނެވެ. މިއީ އިގްތިސާދީގޮތުން ކުރިއަރާފައިވާ މިންވަރު ކުޑަ ސަރަހައްދެކެވެ. މިކަމުގެ ސަބަބުން ޓޫރިސްޓުންގެ އަދަދު އިތުރުވިޔަސް އާމްދަނީ އެއްވަރަކަށް އިތުރުނުވާކަން ފާހަގަކުރެވެއެވެ.
- ޓޫރިސްޓުންގެ އަދަދު 25 ޕަސަންޓު އިތުރުވި ނަމަވެސް އާމްދަނީ އިތުރުވެފައިވަނީ 13 ޕަސަންޓު
- މުއްސަނދި އުތުރު އަދި ހުޅަނގު ޔޫރަޕުގެ މާކެޓް ހިއްސާ ވަނީ ދަށަށްގޮސްފަ
- މެދު އަދި އިރުމަތީ ޔޫރަޕުގެ މާކެޓް ހިއްސާ 1.6 ޕަސަންޓުން 35 ޕަސަންޓަށް އިތުރުވެފައިވޭ
- 2024 ގެ ނިޔަލަށް 2 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެކަމަށް ލަފާކުރެވޭ
- ޓޫރިޒަމް ސިޔާސަތުތައް މުރާޖަޢާކުރުމަކީ މުހިންމުކަމެއް