މި ފިލްމަކީ އެކްޝަން ސްޕައި ފިލްމެކެވެ.
"ހާޓް އޮފް ސްޓޯން" ގައި އާލިއާ ބަޓް ކުޅެނީ ކޭޔާ ދަވާން ގެ ދައުރެވެ. މި ފިލްމުގައި މައި ދައުރު އަދާކުރަނީ "ވޮންޑާ ވިމަން" އިން މަޝްހޫރުވި ގަލް ގަޑޮޓެވެ. އަދި "ފިފްޓީ ޝޭޑްސް" ސިލްސިލާއިން މަޝްހޫރު ޖޭމީ ޑޯނަން ވެސް މި ފިލްމުގައި އުޅެއެވެ.
ޓޮމް ހާޕާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދުނިޔޭގެ އަމަން އަމާންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ސިއްރު އޭޖެންސީއެއްގެ ވާހަކައެވެ. މި ފިލްމުގައި ގަލް ގަޑޮޓް ކުޅޭ ރޭޗަލް ސްޓޯންގެ ދައުރަކީ އެ އޭޖެންސީގެ އޮޕަރޭޓިވްއެކެވެ.
މި ފިލްމް ނެޓްފްލިކްސްގައި ދައްކަން ފަށާނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ. މިއީ ހޮލިވުޑާއި ބޮލިވުޑްގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު މަސައްކަތެއް ކަމަށް ފިލްމީ ދާއިރާގެ މާހިރުން ދެކެއެވެ.