
އެމްއެމްއޭއިން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ ސޭލްސް ރިޕޯޓު މިހާތަނަށް ހުށަހަޅާފައި ވަނީ 138 ރިޒޯޓަކުން ކަމަށެވެ. އަދި މި ރިޕޯޓު ހުށަނާޅައި 37 ރިޒޯޓެއް ވާކަމަށް އެމްއެމްއޭއިން ބުނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ސޭލްސް ރިޕޯޓުތަކަށް ބަލާއިރު، 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް، ބޭރު ފައިސާ މާރުކުރުމުގެ ގަވައިދުގެ ސަބަބުން ބޭންކުތަކަށް މާރުކުރެވިގެން ދާނެކަމަށް ލަފާކުރެވޭ އެމްއެމްއޭ އިން ބުނެއެވެ.
މިއީ ގާތްގަނޑަކަށް 617 މިލިއަން ރުފިޔާއެވެ.
ބޭރު ފައިސާއާ ބެހޭ ބިލް ތަސްދީގު ކޮށް އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގާނޫނު ބުނާގޮތުން ކުރިން އަމަލުކުރަން ނިންމި ގަވައިދުގައި ބުނާ ޓޫރިސްޓަކަށް 500 ޑޮލަރު ދެއްކުން އިހުތިޔާރީކޮށް އޭގެ ބަދަލުގައި އާމްދަނީގެ20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.