ads
ފޮޓޯ: އުރީދޫ
އުރިދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު ނަސީބުވެރި ކަސްޓަމަރުން މެރަތަންއަށް ދިޔުމަށްޓަކައި މިއަދު ދޯހާއަށް ފުރާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނީ އޫރީދޫގެ 2 ކަސްޓަމަރުން ނަށެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް  ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް  އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް ވަނީ ކާމިޔާބީއަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް