މި ނިންމުމާއެކު، އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އީސީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ، މި މަސައްކަތް އަންނަ ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، މެންބަރުން ދަފްތަރުކުރުމަށް ބޭނުންކުރާ ސިމަދަ ޕޯޓަލްގެ ހިދުމަތް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި ޕާޓީތަކަށް އާ މެންބަރުން ވެއްދުންވެސް ވަނީ މަޑުޖައްސާލާފައެވެ.
ހާއްސަކޮށް ޕީއެންސީއަށް ހުށަހެޅިފައިވާ ގިނަ އަދަދެއްގެ ފޯމުތަކަކީ ސައްހަ ނޫން ފޯމުތަކެއް ކަމަށް ތުހުމަތުކުރެވިފައިވާއިރު، މި މައްސަލައިގައި އެމްޑީޕީގެ އިސް މެންބަރުން އިސްނަގައިގެން ޕާޓީ ހަލަބޮލިކުރަން މަސައްކަތްކުރާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ތުހުމަތުކޮށްފައިވެއެވެ.