
މިނިސްޓަރު ސައީދު
ޑިވޮލޮޕްމެންޓް ބޭންކް މަސައްކަތްދަނީ ތަވަަލާ އެއްގޮތަށް: ސައީދު
މުހައްމަދު އާދަމް އަހްމަދު
19 ޖެނުއަރީ 2025 - 13:22:03
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަސައްކަތް ނުހުއްޓޭކަމަށާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ މަސައްކަތާއި ގުޅޭގޮތުން އކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެ ބޢންކުގެ މަސައްކަތް ކުރިޔަށްދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ ފުރަތަމަ މަރުހަލާ އިންސްޓިޓިއުޝަނަލް ސެޓަޕް ކަމަށާއި އެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިޔަށްދާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ދެވަނަ މަރުހަލާގައި ކުރިޔަށްދަނީ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ހޯދުންކަމަށެެވެ. އަދި ރީޓެއިލް ހިދުމަތްތައް ތައާރަފުކުރުމުގެ ޕްލޭންތައް އެއީ ފަހުގެ މަރުހަލާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑިވެލޮޕްމެންޓު ބޭންކު އުފެއްދެވީ މިދިޔަ އަހަރުގެ މެއިމަހުއެވެ. ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކ އެވެ
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް ޑިވެލޮޕްމަންޓު ބޭންކެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް