ads
ވައި ނުސާފުވެ ދުރު ފެންނަވަރު ދަށްވެފައި
މާލެ ސަރަހައްދުގައި ވައި ނުސާފު، ގެއިން ބޭރަށް ނުކުތުން މަދުކުރޭ
މާލެ ސަރަހައްދުގެ ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާކަމަށްް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފިއެވެ.
Advertisement

ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 156 ގައެވެ. މި  މިންވަރަކީ ސިއްހަތަށް ނުރަނގަޅު މިންވަރެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެެއެވެ. 

އެޗްޕީއޭއިން ނެރިފައިވާ ސިއްހީ ލަފާގައި ބުނެފައިވަނީ މި ސަރަހައްދުގެ ވައި ނުސާފު މިންވަރު ހުރިވަރުން ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުމާއި ފުއްފާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑުކަމަށެވެ. އަދި މި ހާލަތުގައި ބޭރުގައި އުޅޭއިރު މާސްކު އެޅުމަށާއި ގެއިން ބޭރަށް ނުކުންނަ މިންވަރު މަދުކުރުމަށްވެސް އެޗްޕީއޭއިން ލަފާދައެވެ. 

ވައި ނުސާފު ވަގުތުތަކުގައި ކުޑަކުދިން، ދޮށީ އުމުރު މީހުން، މާބަނޑު މީހުން  ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. އޭގެ އިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުމާއި، ގޭގައި ދޮރުތައް ލައްޕައިގެން ބެހެއްޓުމާއި، ބޭރުގައި ކުޅިވަރު ކުޅުންދަފަ ކަންކަންވެސް މަޑު ޖައްސާލުމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރުކުވެސް ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ރާއްޖެއަށް ކުރެ އެވެ. 

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް