ads
މުހައްމަދު ވަހީދު (ވައްޑެ) - ފޮޓޯ: ސަން
މިހާރަށް ވުރެ ބޮޑު ބާރެއް ރައްޔިތުންނަށް ދޭން ޖެހޭ: ވައްޑެ
މިހާރަށް ވުރެ ބޮޑު ބާރެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
Advertisement

ވައްޑެ މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 9 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވާ ވައްޑެ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ނޫނީ ބޮޑު މީހެއް މިހާރު ނުފެންނަ ކަމަށާއި އެހެން ކަމުން ރައީސުލްޖުމުހޫރިއްޔާ ވެސް "ކުޑަ" ވާން ޖެހޭ އާ ހިންގުމުގެ އޮނިގަނޑެއް ރާއްޖެ ބޭނުން ވެއްޖެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުން ނޫން ގޮތަކަށް ވަޒީފާއެއްވެސް ނުލިބޭ ކަމުގެ އިހްސާސް މިއަދު ރައްޔިތުންނަށް ކުރެވޭ ކަމަށާއި ވަޒީފާގެ ފެންވަރާއި ޝަރުތު ނުވަތަ ވިޔަފާރި ވެރިޔަކަށް ފޯރުކޮށްދޭ ޕްރޮޖެކްޓެއް ވިޔަސް ލޯނެއް ވިޔަސް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ވިޔަސް މީހަކަށް އެހީ އެއް ދިނަސް އެއްވެސް އެއްޗެއް މިހާރު ސަރުކާރުގައި އެވަގުތެއްގައި ތިބޭ ބަޔެއްގެ ތައްޕާހުން ނޫން ގޮތަކަށް ނުލިބޭ ތަން ރައްޔިތުންނަށް ފެންނަ ކަމަށެވެ. 

"މި ދަންނަވާ ރައީސުލްޖުމުހޫރިއްޔާގެ އިމާ މިން އެބަޖެހޭ ވަރަށް ތަފުސީލްކޮށް ގާނޫންގައި ކަނޑައެޅެން، ސަރުދާރެއްގެ ލެވެލް އަށް ރައީސް އެބަޖެހޭ ކުޑަވާން، އަދި ސީދާ ރައްޔިތުންނަށް ކަނޑައެޅުން ތަކުގައި ބައިވެރި ވެވޭ މިންވަރު އެބަ ޖެހޭ އިތުރުވާން" ގާނޫނު އަސާސީގައި ވެރިންނަކީ ރައްޔިތުންކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވި އެވެ.

މިއަދު ވޯޓް ކަރުދާހުން ބަދަލުވެގެން މި އުޅެނީ ޕްރިންޓް ކުރިގޮތް އެކަނި ކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ" މިހެން ރައްޔިތުމީހާ ބާރަށް އަޑު ހަރުކޮށް ބުނަން މިއަދު ޖެހޭ ކަމަށެވެ. 

ވައްޑެ ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޅި އެތުރުން ގަނޑު ނުވަތަ ހިންގުމުގެ އޮނިގަނޑުގެ ބަހުސެއް ފަންނީ ގޮތެއްގައި އަލުން ފަށަން ވެއްޖެ އެވެ. 

އެގޮތުން ދެހާހުގެ އަހަރު ތަކުގެ ތެރޭގައި ރާއްޖެއަށް އާ ގާނޫނު އަސާސީ ގެންނަން ހިންގި "މިނިވަން ބަހުސް" ނުވަތަ އިސްލާހީ ރިފޯމްގެ ވާހަކަތަށް އަލުން ވަރަށް ބޮޑަށް ދައްކަން ޖެހިއްޖެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް