ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު ކަމަށެވެ. މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، ކުންފުނީގެ ރަސްމީ އީ-ސިގްނޭޗާ ފޯޖްކޮށްގެން ޝެއާ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.