
ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ މަގާމުތައް ހުސްވީ އެ މަގާމުތަކުގައި ތިއްބެވި މެމްބަރުން އެ ޕާޓީ ދޫކޮށް އެ މެމްބަރުން ކުރިން ތިއްބި އެމްޑީޕީއަށް އަނބުރާ ބަދަލުވުމުންނެވެ. އެގޮތުން ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމުވެސް ވަނީ ހުސްވެފައެވެ.
ޕާޓީގެ ރައީސްގެ މަގާމުން ހުސްވުމުން އެ މަގާމަާށް ވަގުތީ ގޮތުން ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން އައްުޔަންކޮށްފައެވެ.
ޑިމޮކްރެޓްސްއިން ބުނީ ޕާޓީގެ ހުސްވެފައިވާ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު އަންނަމަހުގެ 15 ވަނަދުވަހު ބޭއްވުމަށް ނިންމާފއިވާކަމަށެވެ. އަދި މި މަގާމުތަކަށް ވާދަކުރަން އެދޭ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓު މިމަހުގެ 22 ވަނަދުވަހު އާއްމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރާނީ މިމަހުގެ 27ގައިކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ކުރިން އެމްޑީޕީގައި އިސް މަގާމުތަކުގައި ތިބުމަށްފަހު ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް އުފެއްދި ބައެއް މެމްބަރުން ވަނީ އެޕާޓިން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ޑިމޮކްރެޓްސެގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒާއި، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން މިދިޔަ އެމްޑީޕީ ވެރިކަމުގައި އެސްޓީއޯގެ އެމްޑީކަން ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.