ads
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު
ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި ތިބެންޖެހޭ ބަޔަކީ ރައްޔިތުން: ސަވާދު
2008 އިން ފެށިގެން ބޭއްވުނު އިންތިހާބު ތަކުން ހޮވިގެން އައި ސަރުކާރުތަކުން، ދިވެހި ދައުލަތް ހިންގަމުން އައި ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ ރައްޔިތުންގެ މެދުގައި ނުތަނަވަސް އެބައޮތް ކަމަށާއި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
Advertisement

ސަވާދު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 8 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާ ގާނޫނު އަސާސީއާގެ ދަށުން ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ އެޑްމިނިސްޓްރޭޝަންގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. ސަވާދު ވިދާޅުވީ މާއްދާ 4 ގައި އެބުނާ މަސްދަރަކީ ރައްޔިތުން ކަމަށް ވާއިރު، އެ މަސްދަރުގައި ހިމެނޭ ބާރު ފަންކުޝަނަލް ވަނީ އިންތިހާބެއްގެ ތެރެއިން ކަން ސާފުވާ ކަމަށެވެ. އެހެން ކަމުން ހިންގުމުގެ މިހާރު ގެ އޮނިގަނޑަކަށް ބަލާއިރު ޖުމުހޫރީ، ޑިމޮކްރެޓިކް، ރިޔާސީ ނިޒާމެއްގައި ޖެނެރަލް އިލެކްޝަނަކުން އުފަންވާ ސަރުކާރަކާއި މަޖިލީހަކާއި ދައުލަތުގެ މި ދެ ގުނަވަނުގެ ތެރޭގައި ރައްޔިތުންގެ ކިހާ ބޮޑު ތަމްސީލެއް ހަގީގަތުގައި އޮވޭ ތޯ މީ މިއަދު އުފަންދަން ޖެހިފަ އޮތް އިތުރު ސުވާލެއް ކަމަށެވެ.

މި ނިމުނު 16 އަހަރުގެ ތެރޭގައި ދައުލަތެއްގެ ތެރެއިން އުފެދުނު ބޮޑެތި ސިޔާސީ ކަންތައްތައް ނުވަަތަ ކޯޅުން ތަކުގެ ތެރެއިން އުފަންވި ގާނޫނީ ދެބަސްވުންތަކާއި ހުސްކަމުގެ ތެރެއިން ރައްޔިތުން ބުނަމުން ދިޔައީ އެމީހުން ނުރުހޭ ކަންކަން އެބަ ހުރި ކަމަށެވެ. މީގެ އެއް މިސާލަކަށް ސަވާދު ނެންގެވީ ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް އިންތިހާބުވި އެއްވެސް ސަރުކާރަކަށް ދެ ވަނަ ދައުރެއް ރައްޔިތުން ދީފަ ނުވާ ކަމެވެ. އަނެއްކާ ވެސް ރައްޔިތުން އިންތިހާބުތައް މިނެކިރާ ފައި ފަސް އަހަރު ފަހުން އާ މީހަކަށް ނުވަތަ އާ ސަރުކާރެއް ހޮވާ ކަމަށް ސަވާދު ފާހަގަކުރެއްވި އެވެ. 

"ހަގީގަތުގައި މި އެކުލަވާލާފައިން އޮނިގަނޑު އެކޮޅު ކޮޅުން މިޖެހެނީ. އޮނިގަނޑުގެ އެންމެ މަތީގައި އަސްލު ތިބެންޖެހޭ ބަޔަކީ ރައްޔިތުން. އެކަމަކު ސިޔާސީ ކުލާހުގެ ހަރުގަނޑަށް އެރުމަށް ޓަކައި ބޭނުން ކުރާ އަސައަކަށް ރައްޔިތުން މިވަނީ. މިއަދުގެ ސިޔާސީ މާހައުލުން ސާފުކޮށް އެބަ ފެނޭ މި މައްސަލަ" ސަވާދު ވިދާޅުވި އެވެ.

ސަވާދު ވިދާޅުވީ ރާއްޖޭގައި މިއަދު މިއޮތް ހާލަތުގައި ކުރިމަތިވެގެން އުޅޭ މައްސަލަތަކުގައި ބާރާއި ޒިންމާއާއި ދެމެދު އެޅިފަ މިއޮތް ބުރިޖަކީ ކިހާވަރެއްގެ ޒިންމާ އެއް އެޅިފައި އޮތް ބުރިޖެއްބާއޭ ނުވަތަ ކިހާ ވަރެއްގެ ފަންކުޝަނަލިޓީ ބުރި ޖެއްބާއޭ ސުވާލު އުފެދޭ ކަމަށެވެ.

މި ސުވާލަށް ކުޑަ ސާފުކަމެއް ލިބިގެން ދާނީ ބާރުގެ މަސްދަރަށް ވިސްނާ އެ މަސްދަރުން އުފެދިގެން ބާރު ދައުރުވާން އޮންނަ މަގަކީ ދުސްތޫރީ ގޮތުން ކިހިނެއް ކަނޑައެޅިފައި އޮތް އެއްޗެއްތޯ ބެލީމަ ކަމަށެވެ. މިއަދު މި ދިމާވާ މައްސަލަ ތަކަށް ކިހާވަރަކަށްތޯ ބާރު ވެރިޔާ ބާރު ދެނީ، އެފަރާތައް ބާރު ގެ ޒިންމާ އަދާކުރެވެނީ، ބާރުވެރިޔާ އަށް ކިހާވަރަކަށްތޯ، ބާރު ބޭނުން ކުރާ ފަރާތްތަށް ޒިންމާދާރު ކުރެވެނީ، މި ހުރީ ހުސް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. އަދި "ޒިންމާ"ގެ ވަރަށް މުހިއްމު ދައުރެއް މިކަމުގައި ހިމެނޭ ކަމަށެވެ.

ސަވާދު ވިދާޅުވީ މިޑްޓާމް އިލެކްޝަން އަކީވެސް ޒާތެއްގެ ރިފަރެންޑަމް އެއް ކަމަށާއި އިންތިހާއީ ޒަރީއާއެއް ގޮތުގައި ދުސްތޫރީ ނިޒާމް ގެ ތެރޭގައި އެކަހަލަ ކަމެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. ސަވާދު އިތުރަށް ވިދާޅުވީ ދެ ބާރު އެކައްޗަކަށްވީމަ ދެން ރައްޔިތުންނަށް ހަމައެކަނި މާއްދާ 4 "ކިކިން" ކުރެވެން އަންނާނީ މިފަދަ ޕޮރެސެސްއެއްގެ ތެރެއިން ކަމަށް އިންޖިނިއަރިންގ ކުރަން ޖެހޭކަމަށެވެ.

ސަވާދު އިތުރަށް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ އޮނިގަނޑުގެ ވާހަކަ ދައްކާއިރު އެއަށް މިސްރާބު ހިފެން ބަލަން އޮތީ ފެހި ގާނޫނު އަސާސީގެ ތަސައްވަރެއް ގޮތަށް ފެންނަން އޮތް ޖުމްހޫރީ ވެރިކަމެއްގައި ރިޔާސީ ނިޒާމެއް ގާއިމުކޮށް އެވެރިކަން ހިނގަމުން ދާގޮތް ކަމަަށެވެ. ބާރުތައް ހިމެނިފައި އޮންނަނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާއިރު، ދައުލަތަކީ މަސްނޫއީ ޝަހުޝެއް ކަމަށާއި ތަބީއީ ގޮތެއްގައި ޖަމާއަތެއް އުފެދޭ ރޫހަކުން އެބައިމީހުންގެ ސިޔާދަތީ އިސްތިގުލާލް އެއީ އަސްލު ބާރު ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް