ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޖޫންމަހު ރ.އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށާނެ: ރައީސް
މުޅި ރާއްޖެ ފެރީ ނިޒާމަކުން ގުޅާލުމަށް ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އަންނަ ޖޫންމަހުގެ ތެރޭގައި ރ. އަތޮޅުގައި ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ވެރިކަންކުރާ އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށް އާރް.ޓީ.އެލްގެ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އަންނަ ޖޫން މަހު ރ. އަތޮޅުގައި އެ ހިދުމަތް ފަށާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ ޖުލައި މަހު ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެކަމުގެ ޔަގީންކަންވެސް ރައީސް ޑރ. މުއިއްޒު މިރޭ ވަނީ ދެއްވާފައެވެ. 

ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. 9 އަތޮޅުގައި މި ހިދުމަތް މިހާރު ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ. ބާކީ އޮތް 11 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަން އެމްޓީސީސީވެސް ވަނީ ހާމަކޮށްފައެވެ. 

އާރުޓީއެލް ފެރީގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދިގު މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް މިހާރު ޓިކެޓް ވިއްކާ އަގު ބޮޑު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. 

އާރުޓީއެލް މިހާރު ހިންގާ މޮޑެލަކީ ދައުލަތަށް ކެތްވާނެ ގޮތެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދާގޮތަށް ދާނަމަ ދައުލަތުން  1 ބިލިއަން ރުފިޔާ ސަބްސިޑީސް އެކަމަށް ހޭދަކުރަން ޖެހޭނެކަމަށެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް