ads
ވައިޑް-ބޮޑީ މަތިންދާބޯޓު، ޗައިނާއަށް ފުރަތަމަ ދަތުރުގައި ޗެންގްޑޫއަށް މިރޭ ދަތުރު ފެށުން
ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުތައް ޗައިނާއަށް ފަށައިފި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި އެވެ.
Advertisement

މޯލްޑިވިއަން އިން ބުނީ، މިރޭ ޗެންގްޑޫއަށް ފްލައިޓު ނައްޓާލި އިރު، ރާއްޖެއަށް އެ ސިޓީން އަންނަން ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުން އަންނަ ކަމަށެވެ.

އެ ބޯޓުގައި ދެވަނަ ދަތުރު ކުރާނީ ހުކުރު ދުވަހު ޗައިނާގެ ބެއިޖިންއިންނެވެ. އޭގެ ފަހުން މި މަހުގެ 27 ވާ ހޯމަ ދުވަހު ޗައިނާގެ ޝެންހާއީ އިން މާލެއަށް ދަތުރެއް އޮންނާނެ އެވެ.

މޯލްޑިވިއަން ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރ ރިޒަވޭޝަން އެންޑް ޓިކެޓިން އައިމިނަތު ސަމީހާ ވިދާޅުވީ، މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާއި ދެމެދު އަގު ހެޔޮވެގެންދާނެކަމަށެވެ. މިވަގުތު އޮންނާނީ ހަފްތާއަކު 3 ފްލައިޓެވެ. އެއީ ހޯމަ ބުދަ ހުކުރު ދުވަހުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ގާތްގަނޑަކަށް މާކެޓްގައި އުޅޭ ރޭޓްތަކަށް ބަލާއިރު %30 އާއި %50 ދަށްކޮށް އަޅުގަނޑުމެން މިހާރު މިފަށަނީ ދަތުރުތައް. ބޭނުންނަމަ އެއް މަންޒިލަށް ގޮއްސަ އަނެއް މަންޒިލުން ރިޓާންވެސް ކުރެވޭގޮތައް އޮންނާނީ" އައިމިނަތު ސަމީހާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު

  • ޗެންގްޑޫ - މާލެ: 688 ޑޮލަރު

  • ބެއިޖިން - މާލެ: 788 ޑޮލަރު

  • ޝެންހާއީ - މާލެ: 777 ޑޮލަރު

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައި 264 މީހުންގެ ޖާގަ ހުރެ އެވެެ. އެއީ:

  • ބިޒްނަސް ކްލާހުގައި 18 ގޮނޑި

  • ޕްރިމިއަމް އިކޮނޮމީގައި 36 ގޮނޑި

  • އިކޮނޮމީގައި 210 ގޮނޑި

މީގެ އިތުރުން މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ. ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. 

އެއާބަސް އޭ330 އާއެކު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އޮވެ އެވެ.

ޗައިނާއަށް ފެށި ދަތުރުތަކާއެކު މޯލްޑިވިއަން އިން ދަތުރު ކުރާ މަންޒިލުތަކުގެ އަދަދު 22އަށް އަރާނެ އެވެ.

ޗައިނާ ދަތުރުތަކަށް ފަހު ޔޫރަޕުގެ މަންޒިލުތަކަށް ވެސް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރަން ވަނީ ރާވައިފަ އެވެ.

މޯލްޑިވިއަންގެ ހިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސް ޔޫރަޕަށް ދަތުރު ފެށުމަށް ގައުމީ އެއާލައިނުން ދަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް