
ސައިފް މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ.
"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.
"ނޭޝަން ޓޯކް"ގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ކަން ވެސް ކުރައްވާ ސައިފް ވިދާޅުވީ "ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި" ކަމަށް ބުނާ ބުނުމުގެ މާނައަކީ އެމީހާ އެ އިންތިހާބު ކުރާ މީހުންގެ މައްޗަށް ބާރު ފޯރުވުމުގެ އިހުތިޔާރު ރައްޔިތުންނަށް ލިބިފަ އޮތުން ކަމަށެވެ. ނަމަވެސް މިހާރު ރައީސުލްޖުމުހޫރިއްޔާ ނޫނީ މަޖިލިސް މެންބަރަކު ހޮވުމަށްފަހު އެމީހުން ރައްޔިތުންގެ އަޑު އަހާކަށް ނުޖެހޭ ކަމަށާއި އަދި ރައްޔިތުންނަށް ފިލައިގެން އުޅުނަސް އެބޭފުޅައަށް ހަމަ މުސާރަވެސް ލިބޭ ކަމަށެވެ.
ދިވެހި ރާއްޖޭގެ ވެރިކަމުގެ ބާރުތަށް ދިވެހި ދައުލަތުގެ ބާރުތައް އެޑްމިނިސްޓަރ ކުރެވެނީ މެނޭޖް ކުރެވެނީ ރައްޔިތުން އެކަމަށް އިންތިހާބު ކުރާ ބައެއް ރައްޔިތުން ރުހުން ދީގެން ރައްޔިތުން އިންތިހާބުކުރާ ބައެއް މެދުވެރިކޮށް ކަން ފާހަކުރައްވާ ސައިފް ވިދާޅުވީ މި ހާލަތުގައި ވެރިކަމުގެ ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ނަމަވެސް އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމި އޮވޭތޯ މިއީ މިއަދު ކުރަންޖެހޭ ސުވާލެއް ކަމަށެވެ.
ސައިފް ވިދާޅުވީ ތިން ބާރެއް ވަކިވެފައި އޮތް ކަމަށް ބުނި ނަމަވެސް ރައީސުލްޖުމުހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުތަކާއި އެކުޒެކްޓިވް ޕަވާގެ ބޮޑުކަމުން އެބާރުގެ ކުރިމަތީގައި އެހެން އެއްވެސް އެހެން ބާރަކަށް އެއްޗެއް ބުނެވޭ ގޮތް ނުވެ، ހަގީގަތުގައި ހިރިލެވޭނެ ގޮތެއް ނެތް ކަމަށެވެ. މިހާލަތުގައި ހަގީގަތުގައި ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ނަމަވެސް މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ނޫން ކަމުގެ އިހްސާކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު ޕޮލިޓިކަލް ކަލްޗަރ އަށް ބަލާއިރު އަދި މިހާރު މިހިރަ ދުސްތޫރީ އިންސްޓިޓިއުޓް ތަކަށް ބަލާއިރު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އެއް މިހޮވެނީ ނަމެއްގައި ކަމަށާއި ހަގީގަތުގައި ބާރާއި އިހްތިޔާރުގެ ގޮތުން ބަލާނަމަ ފެންނަނީ "ރަސްކަލެއް" ކަމަށް ބުނެވި ދާނެ ކަމަަށެވެ.
ސައިފް އިތުރަށް ވިދާޅުވީ ވެރި މީހާއަށް އަށް ފަސް އަހަރު ވަންދެން ގައުމު ލޫޓްވާލަން ދިނީމަ ލިބޭ ގެއްލުން މިހާރު ފެނިއްޖެ ކަމަށާއި ފަސް އަހަރަކީ ނަގުދުކޮށް ފަޅު ރަށެއް ހެން ލިޔުއްވާފަ، އިންތިހާބީ މަގާމުގައި ހުންނަ މީހާއަށް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށާއި އެ އަމާނާތް ރަނގަޅަށް ނުބަލަހައްޓާ ހިޔާނާތްތެރި ވާ ކަމަށް ރައްޔިތުންނަށް ފެނިއްޖެ ހިދެއްގައި ފަސް އަހަރެއް ނޫން ފަސް ދުވަހުން ވެސް މަގާމުން ވަކި ކުރެވެން ޖެހޭނެ ކަމަށެވެ.
މިއާއި ދެކޮޅު ކޮންމެ ވިސްނުމަކީ އަބުއި މާތް ވެރިންގެ ޒަމާނުގައި ސީދާ ރައްޔިތުންނަށް ބާރު ނުދީ ބާރު ހިފަހައްޓަށް ދައްކަވާ ފުލޯކް ވާހަކަ ކަަމަށާއި އަދި މިހާރު އަބުއި މާތް ވެރިންގެ ޒަމާން ނިމިއްޖެ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.
- އިތުރަށް ކިޔާލަން: ފަސް އަހަރަށް ރައްޔިތުންގެ އަތް އޮތީ ބަނދެވިފައި، މިކަން ނިމެން ޖެހޭ: ސައިފް