ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް މުހައްމާއި ސަރާހަތި އައްޔަންކުރިކަން އިއުލާންކޮށްފައެވެ. ކޮމިޝަން މެމްބަރުންގެ ގޮތުގައި މުހައްމާއި ސަރާހަތު އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމް ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް 68 މެމްބަރުން ވަނީ ވޯޓުދެއްވައިފައެވެ. ކޮމިޝަނަށް މުހައްމާ އައްޔަންކުރަން ފެންނަކަމަށް ވޯޓް ދެއްވީ 58 މެމްބަރުންނެވެ.
ކޮމެޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެމްބަރުން ވޯޓް ދެއްވިއެވެ. ފެންނަ ކަމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.