މާލޭ ސިޓީ ކައުންސިލް އިން ހޯދަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރައިވެރިބޭ މައިޒާން އަދި މުއިވެޔޮދޮށު މައިޒާން މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެކެވެ.
އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެމަސައްކަތަށް ޝައުގިވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ 3 ވާ ހޯމަ ދުވަހުގެ 11:00 އަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާ އެޑްމިން ސެކްޝަންގެ މީޓިން ރޫމަށް ހާޒިރުވަނާން އެ ކައުންސިލުން ބުނެއެވެ. އެތަން ހުންނަނީ ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ، ކަރަންކާ މަގު ގައެވެ.
އެތަނަށް ވަޑައިގެން ޝައުގުވެރިވާ ފަރާތްތަކުން އަންދާޒާ ހިސާބު ހުށަހެޅުަމަށް މާލޭ ސިޓީ ކައުންސިލުން އެދެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މިމަހުގެ 30 ހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްލުމަށް ކައުންސިލުން އެދެއެވެ.