ads
ރޯވި އިމާރާތް
މާލޭގެ ގެއެއްގައި ރޯވެއްޖެ
މާލޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީމަޖީދީ މަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. 

އެތަނުގައި ރޯވި އަލިފާންގަނޑު މާ ގިނައިރުތަކެއް ނުވަނީސް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އަލިފާން ރޯވި ގުދަނާއި އެތަނުގެ ތިރީގައި ހުރި ފިހާރަޔަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. 

your imageއަލިފާން ރޯވި ފުރުޓް ޓްރީ ފިހާރަ

އަލިފާން ރޯވި ތަނަކީ، ދަގަނޑާއި ޓިނުން ދެ ބުރިއަށް ހަދާފައި ހުރި ތަނެކެވެ.

your imageއަލިފާންގަނޑު ނިއްވާލަން ފަޔާ ހަޔާޑްރަންޓް ބޭނުންކުރަނީ 

ގުދަނުގައި ރޯވި އަލިފާންގަނޑު ސިފައިން ނިއްވާލީ މަޖީދީމަގުގައި ހަރުކޮށްފައިވާ ފަޔާ ހައިޑްރެންޓްތައް ބޭނުންކޮށްގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް