
ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖަހަންގިރު ހޮސައިން
ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ސީއެންއެމް ނިއުސް ޓީމް
31 އޯގަސްޓް 2025 - 12:08:45
ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނާގޮތުގައި ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ ޖަހަންގިރު ހޮސައިން ކަމުގަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހު އެވެ.
ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 9 ފުޅި (500އެމްއެލް) ފެނިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް