ads
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
މޯލްޑިވިއަންގެ ބޮޑު ބޯޓް ޗައިނާއިން ރާއްޖެ، ފުރެންދެން މީހުން އައި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ގިނަ އަދަދެއްގެ ފެސިންޖަރުންނާއި އެކު ޗައިނާއިން ރާއްޖެ އަތުވެއްޖެއެވެ.
Advertisement

ބޯޓްގެ ފުރަތަމަ ދަތުރު އަޅާފައި ވަނީ ޗައިނާގެ ޗެންގްޑޫއިން ރާއްޖެއަށެވެ. މި ދަތުރުގައި 170 ވުރެ ގިނަ ފަސިންޖަރުން އެ ގައުމުން ރާއްޖެއަށްް އައިސްފައިވެއެވެ. 

ޗެންގްޑޫން ރާއްޖެއަށް އައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ފުރަތަމަ ދަތުރުގެ ބައިވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކީ ބޮޑުބެރާއި ފިނިފެންމަލުންނެވެ. މި ބޯޓް ރާއްޖެއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ވަނީ ބައިވެރިވެޑައިގެން ފައެވެ. 

your imageމޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ 

މި ބޯޓުގައި ދެވަނަ ދަތުރު ކުރާނީ ހުކުރު ދުވަހު ޗައިނާގެ ބެއިޖިންއިންނެވެ. އޭގެ ފަހުން މި މަހުގެ 27 ވާ ހޯމަ ދުވަހު ޗައިނާގެ ޝެންހާއީ އިން މާލެއަށް ދަތުރެއް އޮންނާނެ އެވެ.

މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާއި ދެމެދު އަގު ހެޔޮވެގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިވަގުތު އޮންނާނީ ހަފްތާއަކު 3 ފްލައިޓެވެ. އެއީ ހޯމަ ބުދަ ހުކުރު ދުވަހުކަމަށް އެ ކުންފުނިން ބުނެއެވެ. 

your imageމޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ޗައިނާއަށް ފެށި ދަތުރުތަކާއެކު މޯލްޑިވިއަން އިން ދަތުރު ކުރާ މަންޒިލުތަކުގެ އަދަދު 22އަށް އަރާނެ އެވެ.

ޗައިނާ ދަތުރުތަކަށް ފަހު ޔޫރަޕުގެ މަންޒިލުތަކަށް ވެސް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރަން ވަނީ ރާވައިފަ އެވެ.

މޯލްޑިވިއަންގެ ހިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސް ޔޫރަޕަށް ދަތުރު ފެށުމަށް ގައުމީ އެއާލައިނުން ދަނީ ތައްޔާރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް