ads
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށައަޅަން ވަނީ ހުޅުވާލާފައި
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށައަޅަން ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

އެ ކޮމިޝަނުން އާއްމުކުރި ސިޔާސީ ޕާޓީގެ ދަފްތަރު ދައްކާ ގޮތުން އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 އެވެ. މިދިޔަ އަހަރު ފެށުނު އިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ 28،704 އެވެ. މިިދިޔަ އަހަރުގެ ނިމެންދެން ޕީއެންސީ އޮތީ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައެވެ.  

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މައުލޫމާތު ހިމެނޭ ލިސްޓު މިއަދު އާއްމުކޮށްފައިވާކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 10ގެ ނިޔަލަށް ހުޅުވާލާފައިވާކަމަަށް އީސީން ބުނެއެވެ. 

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ  ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އީސީން ބުނެއެވެ. 

އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ގޮސް ޝަކުވާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސްތު ވެސް ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން ރަޖިސްޓަރީވެފައިވާޕާޓީގެ މަޢުލޫމާތު (PPR space ID-Number Send to 1414) އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެކަމަށްވެސް އީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް