ads
ބީދޭސީ މީހާއަަށް ތޫނު އެއްޗަކުން ބިރުދައްކާ ފޭރުނު ގްރޫޕް
ބިދޭސީން އަތުން ފޭރުނު ގްރޫޕުގެ ބަންދަށް 15 ދުވަސް
ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދައްކާ ފޭރުނު ގްރޫޕުގެ ތިން މީހުންވެސް 15 ދުވަހަށް ބަންދު މުއްދަތު ޖަހައިފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކުރީ ސ. ހިތަދޫ، އައްޒާ،  އުމުރުން 34 އަހަރުގެ މުބާރިކު މުހައްމަދާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އުމުރުން 30 އަހަރުގެ އަހުމަދު ފަޔާޒާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އުމުރުން 36 އަހަރުގެ އަހުމަދު ނަދީފްއެވެ. ތިން މީހުންވެސް މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދު މުއްދަތަށް 15 ދުވަސް ޖަހާފައިވެއެވެ.

ރޭ 22:14 އެހާކަންހާއިރު މި ގްރޫޕުން އެ ބިދޭސީ މީހާއަށް ބިރުދައްކާ އޭނާ އަތުގައި ހުރި ހުރިހާ ފައިސާއެއް ފޭރިގަންފައިކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރަސްފަންނު ސަރަހައްދުން ބަޔަކު ދުވެފައި ދާތަން ފެނުމުން ދުވެފައި ދިޔަ މީހުންގެ ފަހަތު ދުވި މީހާއާ އެ ސަރަހައްދުގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ބައްދަލުކުރުމުންކަމަށެވެ.

މި މީހުން އަތުލައިގަތީ މާލެ ތެރެ ޕެޓްރޯލްކުރަމުންދިޔަ އެހެން ޓީމުތަކާއި ގުޅިގެން ނޯތު ހާބަރު ސަރަހައްދުންކަމަށް ފުލުހުން ބުނެއެވެ.

މި ގްރޫޕުން ބިދޭސީ މީހާގެ އަތުން 1000 ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓާކާ، 20 ސްރީލަންކަން ރުފީސް، 500 އިންޑިއަން ރުފީސް އަދި ސިންގަޕޫރު ދެ ޑޮލަރު ފޭރިގެެންކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހުން ހައްޔަރުކޮށް ބަލާ ފާސްކުރުމުން އެމީހުން އަތުން ފެނުނީ 1000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީސްގެ އިތުރުން ސިންގަޕޫރު ދެ ޑޮލަރުކަމަށް ފުލުހުން ބުނެެއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް