ads
ތުލުސްދޫގައި ހަދާ ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ ކުރެހުމެއް
ސްޓެލްކޯ ޓްރެއިނިން ސެންޓަރު، މުވައްޒުންގެ ޑިޒައިނާއި ހުނަރު
ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް މެނޭޖިން ޑިރެޓަރު ހުސައިން ފަހުމީ ތައުރީފު ކުރައްވައިފިއެވެ.
Advertisement

ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރު އެ އިމާރާތް އަޅަމުން އަންނަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. މި އިމާރާތުގެ ބޮޑު ބައެއް މީހާރު ވަނީ ނިންމާފައެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ އިމާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ އާދަޔާ ހިލާފު ހުނަރު ދައްކުވައިދޭ މަސައްކަތެއް ކަމަށެވެ. އެގޮތުން އެ އިމާރާތަކީ ސްޓެލްކޯގެ މުވައްޒަފުންގެ އާދަޔާ ހިލާފު ޑިޒައިނާއި ޕްލޭނިން ހުނަރު ދައްކުވައިދޭ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

your imageތުލުސްދޫގައި ހަދާ ސްޓެލްކޯ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ އިމާރާތް

" މި އިމާރާތް އެޅުމުގެ ކޮންސެޕްޝަން އިން ފެށިގެން އިމާރާތް ބިނާކޮށް ނިންމުމާއި ހަމައަށް ހުރިހާ މަސައްކަތެއް މުޅިން ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުން. މި މަޝްރޫޢު ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑު ތަޢުރީފް ކުރަން." ފަހުމީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގަވެއެވެ. 

ސްޓެލްކޯއިން މާލޭގައި ގާއިމުކުރި ބިޒްނަސް ސެންޓަރަކީވެސް އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތެވެ. އެ އިމާރާތްވެސް ޑިޒައިންކޮށް ތަން އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް