ads
ލޯންޗު އެކްސިޑެންޓްގައި ދައުވާ ކުރަނީ ދެ ލޯންޗުގެ ކެޕްޓަނުންނަށް
ދެ ލޯންޗުޖެހި މީހަކު މަރުވި މައްސަލާގައި ދެ ކެޕްޓަނުންނަށް ދައުވާކުރަނީ
ފޭދޫ ފިނޮޅުކައިރިން މީގެ ދެއަހަރުކުރިން ދެ ލޯންޗެއް ޖެހި މީހަކު މަރުވި މައްސަލާގައި ދެ ލޯންޗު ކެޕްޓަނުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރުއެވެ. އެކްސިޑެންޓްގައި ޖެހިފައިވަނީ  “ސަސް އީ ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2”  ލާންޗުއެވެ. 

މި އެކްސިޑެންޓްގައި އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ  

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކޮށް ނިންމައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. 

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ  ކ. ކާށިދޫ / ހީނާވިލާ، އުމުރުން 35 އަހަރުގެ ޔާނިސް ހަމީދު އާއި ހދ.ނޮޅިވަރަން/ ގްރީންހައުސް، އުމުރުން 43 އަހަރުގެ މުހައްމަދު ޖަމީލް އެވެ.  މި ދެމީހުންނަކީ އެދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެލޯންޗު ދުއްވަން ތިބި މީހުންނެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި އެދެމީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 04 ޖޫން 2023 ގައިކަމަށް  ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް ފަހު އަލުން  ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް