
ފަރަށް އެރި ދޯންޔެއް ފުންކުރުމުގެ މަސައްކަތް ކުރަމުން ދަނީ - ފައިލް ފޮޓޯ: އެމްއެންޑީއެފް
ނިލަންދޫ އާއި ދާންދޫއަށް ދިޔަ ރޯދަ ހަދިޔާގެ ދޯނި ފަރަށް، ކާޑުތައް ކަނޑަށް
ގުފްތަގް އަޖީރު
27 ޖެނުއަރީ 2025 - 12:18:53
ގއ. ނިލަންދޫ އާއި ދާންދޫއަށް ރޯދަ ހަދިޔާ ގެންދިޔަ ލިއޯ ވިންގު ދޯނި މިއަދު އެކެފަރު ފަރަށް އަރައި، އޭގައި އުފުލި ހުރިހާ ކާޑު ބަސްތާތަކެއް މޫދަށް ފައިބައިފިއެވެ.
މި ދޯނީގައި އުފުލީ ލިއޯ ޓްރޭޑިން ކުންފުނީގެ ޗެއާމަން އަބްދުﷲ ސަވާދު އެ ދެ ރަށުގެ ހުރިހާ ގޭބިސީތަކަށް ފޮނުވި ރޯދަ ހަދިޔާ އެވެ. މި ހަދިޔާގެ ގޮތުގައި ހަކުރު، ހަނޑުލު އަދި ފުށުގެ 1،070 އަށްވުރެ ގިނަ ބަސްތާ ހިމެނެ އެވެ.
ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނިލަންދޫއަކީ މި ހަދިޔާ ފޮނުވި ސަވާދުގެ އުފަން ރަށެވެ.
0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް