
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ މުއްދަތު އިތުރުކޮށްދެވިފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.
ނަމަވެސް އަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެކުންފުންޏާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް އެޗްޑީސީގެ ބޯޑުން ނިންމާފައިވާކަން އެކޯޕޮރޭޝަނުން ފާހަގަކުރެއެވެ.
އެޗްޑީސީގެ ބޯޑުން އެ ނިންމުން ނިންމައި މިއަދުގެ ވަގުތެއްގައި ވާނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ނޯޓިސް ފޮނުވާފައިކަން އެ ކޯޕޮރޭޝަނުން މައުލޫމާތުދެއެވެ.
އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައި ކަން އެޗްޑީސީން ފާހަގަކުރެއެވެ.