ads
ޝާހިދު ކަޕޫރު
ޝާހިދު ކަޕޫރު އޭނާގެ ފިލްމު ޕްރޮމޯޓު ކުރަން ނޫޅެނީ ކީއްވެ؟
ޝާހިދް ކަޕޫރު ފެންނަ އެކްޝަން ތްރިލަރ ފިލްމު "ދޭވާ" ގެ ޕްރޮމޯޝަން މަދުން ކުރުމަށް ނިންމުމާ ގުޅިގެން ޝާހިދު ކަޕޫރު ވެސް ޕްރޮމޯޝަންތަކުގައި އުޅުން މަދުކޮށްފިއެވެ.
Advertisement

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ.

ފިލްމުގެ މައި ކެރެކްޓަރު ކަމަށްވާ "ދޭވާ" ގެ ސިއްރުވެރިކަން ހިފެހެއްޓުމަށްޓަކައި ޕްރޮމޯޝަން މަދުން ކުރުމަށް ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ. މިއީ ބޮލީވުޑްގެ އާންމު އުސޫލާ ތަފާތު ގޮތަކަށް ގެންދިއުމަށް ނިންމާފައިވާ ކަމެކެވެ.

"ހައިދަރު"، "ކަބީރު ސިންގް" އަދި "ކަމީނޭ" ފަދަ ފިލްމުތަކުން ޝާހިދްގެ ތަފާތު އެކްޓިންގ ފެނިފައިވާއިރު، މި ފިލްމުގައިވެސް އޭނާގެ ދައުރު ތަފާތުވާނެ ކަމަށް ބެލެވެއެވެ. އެންމެ ފަހުން ފުލުހެއްގެ ދައުރެއްގައި ޝާހިދް ފެނިފައިވަނީ 2013 ވަނަ އަހަރު ރިލީޒްކުރި "ފަޓާ ޕޯސްޓަ ނިކްލާ ހީރޯ" އިންނެވެ.

މި ފިލްމަކީ މަޝްހޫރު ދަކުނު އިންޑިއާގެ ޑައިރެކްޓަރު ރޮޝަން އެންޑްރޫސް ހިންދީ ސިނަމާގައި ކުރާ ފުރަތަމަ މަސައްކަތްވެސް މެއެވެ. ފިލްމުގައި ޝާހިދްގެ އިތުރުން ޕޫޖާ ހެގްޑޭވެސް ފެނިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް