ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުޑަކުއްޖާ ދުއްވި ޕިކަޕް އެކްސިޑެންޓްވެފައި
ބާރު ސްޕީޑުގައި ޕިކަޕް ދުއްވީ ކުޑަކުއްޖެއް، ކޮންޓްރޯލް ނުވެ ފެންސަކަށް
ކުޅުދުށްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕް ދުއްވަނިކޮށް އެކްސިޑެންޓްވި މައްސަލައެއް ބަލަން ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ކުޅުދުށްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ބާރު ސްޕީޑެއްގައި ދާ ޕިކަޕް ކޮންޓްރޯލް ނުވެ ގޮސް އެއާޕޯޓް ފެންސުގައި ޖެހި އެކްސިޑެންޓްވާ ތަނެވެ. 

ފެންސުގައި ޖެހުމުން ޕިކަޕުން ކުޑަކުއްޖާގެ އިތުރުން އިތުރު ފިރިހެނަކުވެސް އެ ޕިކަޕުން ފައިބައެވެ. އަދި ލިބިފައިވާ ގެއްލުންތައް ބަލާފައި ޕިކަޕް ފަހަތަށް ނެރި އަނެއްކާވެސް ނައްޓާލައެވެ.

ފުލުހުން ބުނީ އެ ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ އެ ޕިކަޕު ޓޯކޮށް އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް