މި އުސޫލުގެ ދަށުން ފުޅިއަކަށް ދުވާލަކު ގިނަވެގެން ދޫކުރެވޭނީ 3 ލީޓަރެވެ.
އެފްއެސްއެމް އިން މިއަދު ނެރުނު އިއުލާނުގައި ބުނީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުޅިއަށް ތެޔޮ އަޅައިދެވޭނީ އައިޑީ ކާޑު ދެއްކުމުން ކަމަށެވެ. އަދި ހަންހަމަށް ތެޔޮ ދޫކުރެވޭނީ ޑިނގީ ނުވަތަ ލޯންޗުގެ ރަޖިސްޓްރީ ދެއްކުމުން، ދުވާލަކު ގިނަވެގެން 80 ލީޓަރު ކަމަށް ވެސް ބުންޏެވެ.
އެފްއެސްއެމްގެ ފަރާތުން އިތުރަށް ބުނީ މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ސަލާމަތީ މިންގަނޑުތަކަށް ރިއާޔަތްކޮށް، އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.