ads
މާލޭގެ ގެއެއްގެ މަގު ފާރު ތަޅާލާފައި
ހުއްދަ ނުހޯދާ މާލޭ މީހުން މަގުފާރު ތަޅާތީ، އެކަން ނުކުރަން ކައުންސިލުން އެދެފި
މާލޭގެ ބައެއް ގެތަކުން ހުއްދަ ނުހޯދާ މަގުފާރު ތަޅާތީ، އެކަން ނުކުރަން ސިޓީ ކައުންސިލުން އެދެފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ހހުއްދަ ހޯދުމެއްނެތި، ބައެއް ފަރާތްތަކުން، މާލޭގެ ބައެއް މަގުތަކުގެ ފާރު ތަޅަމުންދާކަމަށެވެ. އެ ކައުންސިލުން ބުނީ ބައެއް ގެތަކުގެ މަގުފާރު ތަޅާލުމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. 

މާލޭ ސިޓީ ކައުންސިލުން ވަނީ މި ފަދަ ކަންކަން ކުރަން އެދޭ ފަރާތްތަކުން އެކަމަށް އޮންނަ އުސޫލުން ހުއްދަ ނެގުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނެތި ނުކުރުމަށްވެސް އެ ކައުންސިލުން އެދެއެވެ. 

މާލޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުން ކުނި ނަގައި ސާފުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ..

މި މަސައްކަތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް