ads
ފުލުހުންގެ ފްލެޓް އިމާރާތް
ފުލުހުންގެ ފްލެޓް ކޮރަޕްޝަން އަވަސް މައްސަލައެެއް ގޮތުގައި އޭސީސީން ބަލަނީ
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
Advertisement

ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް އޭސީސީއާ ތަހުގީގީ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވަނީ އަންގާފައެވެ. 

އޭސީސީން ބުނީ އޮޑިޓް އޮފީހުގެ އެންގުމާއި އެއްގޮތަށް މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް ބަލަމުންދާ މައްސަލައެއް ވާތީ އިތުރު ތަފްސީލެއް އެ ކޮމިޝަނަކުން ނުދެއެވެ. 

އޮޑިޓް އޮފީހުން ވަނީ ފުލުހުންގެ ހައުސިން ޕްރޮޖެކެޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) މަސައްކަތް ކުރިޔަށް ގެންގޮސްފައިވާގޮތް ބެލުމަށް ހާއްސަ އޮޑިޓެއް ކޮށްފައެވެ. ފުލުހުންނަށް ހާއްސަކޮށްގެން 2013 ވަނަ އަހަރު އަޅަންފެށި ތިން ޓަވަރުގެ ހައުސިން މަޝްރޫއުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިންނެވެ. 

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ. އެހެންނަމަވެސް ޕޮލްކޯއިން މި މަސައްކަތް ކުރުވާފައިވަނީ އަކަފޫޓަކަށް 1،851 ރުފިޔާއަށް ކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. 

ފުލުހުންނަށް އެޅި ހައުސިން ޔުނިޓްގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާއެވެ. ފަހުން އެކުންފުންނާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ދެން ހަވާލުކުރީ ނޫމަޑި ރިޕްރެޒެންޓު ކުރާ މީހާގެ މެނޭޖިން ޑައިރެކްޓަރުކަމުގެ ދަށުން ހިންގާ އައިލެންޑް އެކްސްޕާޓްސް ކިޔާ ކުންފުންޏަކާކަމަށް އޮޑިޓްގައި ބުނެއެވެ. އަދި އެކަން ކޮށްފައިވަނީ އެ މީހާއަށް ފައިދާ ވާގޮތަށްކަމަށެވެ. އަދި އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވަނީވެސް ވަކި ބަޔަކަށް ނާޖައިޒް ފައިދާ ހޯދައިދޭންކަމަށް ބެލެވޭކަމަށްވެސް އޮޑިޓްގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް