ads
ފޮރިން މިނިސްޓަރު ހަލީލާއި ފޮރިން މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާ
ފޮރިން މިނިސްޓަރު ސައުދީއަށް، ފަންޑު ހޯދަން މަޝްވަރާކުރާނެ
ރަސްނީ ދަތުރުފުޅެެއްގައި ފޮރިން މިނިސްޓަރު ޑޜ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
Advertisement

ފޮރިިން މިނިސްޓްރީންް ބުނީ މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ ސައުދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ. 

ހަލީލްގެ މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާނާއި ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޝްވަރާކުރާނެކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

މީގެއިތުރުން ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ސައުދީގެ ކޮމާސް މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. 

މި ދަތުރުގައި ހަލީލުގެ އަރިހުގައި މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ރޭ ދިއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ ކަންކަންކަމަށް ބޭނުންވާ ފަންޑު ހޯދުމަށް މިނިސްޓަރު ހަލީލްގެ ދަތުރުގައި މަޝްވަރާ ކުރައްވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް