
އަކްރަމް ހިމެނޭހެން މިދިޔަ ސަރުކާރުގައި ހިންގި "ބިންވެރިޔާ ސްކީމު" ގައި އިސްކޮށް އުޅުނު ހަތަރު މީހެެއްގެ ޕާޕްޕޯޓް ހިފަހައްޓަން ކްރިމިނަލްކޯޓުން އަނރުނު ނެރުނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަދުވަހުއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު ހަމަވުމާއި އެކު ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ 19 އިން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އިތުރު އަމުރެއް ނެރެފައެވެ.
މި މައްސަލަ ހައިކޯޓްގެ އިސްތިުއނާފުކުރީ އަކްރަމްގެ ފަރާތުންނެވެ. އޭނާ އިސްތުނާފަށް ހުށައަޅާފައިވަނީ ދެވަނަ ފަހަރަށް ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރެވެ.
އަކްރަމް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އޭނާއަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަށް ފިލައިގެން ގޮސްފައިވާ މީހެއް ނޫންކަމަށެވެ. އަދި އަކްރަމަކީ ފާޅުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ފާޅުގައި ޖަވާބުދާރީވަމުން ގެންދާ ސިޔާސީ މީހެއްކަމަށެވެ. މީގެއިތުރުން މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އެކަށީގެންވާ ހެކި ނެތްކަމަށްވެސް އަކްރަމް ހުށައެޅި އިސްތިއުނާފީ މައްސަލާގައިވެެއެވެ. އަދި ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރުވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާކަމަށްވެސް އަކްރަމް ހުށައެޅި މައްސަލާގައި ވެއެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އޭސީސީން ހުށައެޅި ހުށައެޅުމުގައި ބުނެފައިވަނީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލްތަކުން އެއީ ބޭރަށް ދިއުމުގެ ގާބިލުކަން ހުރިކަމުގެ ހެއްކެއްކަމަށެވެ. އެެހެންނަމަވެސް އަކްރަމް ވިދާޅުވީ އޭސީސީގެ ފަރާތުން ހުށައަޅާފައިވާ އެ ނުކުތާއަކީ އޭނާ ތަހުގީގަށް އެއްބާރުލުން ނުދީ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތުވާނެ ހެއްކެއް ނޫންކަމަށެވެ.