
މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މާރަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ ބޭންކް ގެ މެނޭޖިން ޑިރެކްޓާ އަދި ސީއިީއޯ މުހައްމަދު ޝަރީފެވެ. އަދި ރަށު ކައުންސިލްގެ ފަރާތުން ސޮއި ކުރީ ކައުންސިލް ރައީސް ޖައިލަމް ހާރޫން އެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި އިފްތިތާހުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި އިކޮނިމިކް މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެކު ވަނީ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.