މިކަން ހާމަކުރެއްވީ ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ބޭރުގެ ފަންޑަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަށް އެޑްވާންސް ފައިސާވެސް ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ގިނަ މަޝްރޫއުތައް އެއް ކުންފުންޏަކާ ހަވާލުކުރުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ނުދާކަން ފާހަގަކުރެއްވި ރައީސް، މި މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރުމުގެ މަޝްރޫއު އަލުން ރޭވި، ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަންވެސް ހާމަކުރެއްވިއެވެ.