އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދޫ ވިދާޅުވީ ޒަކާތު ހައުސްގެ އިމާރާތް އަޅަނީ (ބައިތުއްޒަކާތު) ނަމުގައިކަމަށެވެ. އަދި އިމާރާތް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިއަހަރު ނިމުމުުގެ ކުރިން ިއމާރާތުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ޝަހީމް ވިދަޅުވިއެވެ.
ޒަކާތު ހައުސްގެ އުފައްދާފައި އިފްތިތާހުކޮށްފައިވަނީ ޑިސެމްބަރު 18، 2023 ގައެވެ. ޒަކާތު ހައުސް އުފެއްދުމަށްފަހު މިދިޔަ އަހަރަކީ ރާއްޖޭގެ ތާރިހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ލިބުނު އަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިދިޔަ އަހަރު 101 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.