ads
ހއ. މޮޅަދޫގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މޮޅަދޫގައި ބީއެމްއެލް އޭޓީއެމް ބަހައްޓަން ކައުންސިލާ ހަވާލުކޮށްފި
ހއ. މޮޅަދޫގައި ބީއެމްއެލް އޭޓީއެމް ބަހައްޓަން އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައެވެ. 

ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޮޅަދޫ ކައުންސިލް ރައީސް އަދި ބީއެމްއެލްގެ ސިއީއޯ، މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިހާރު އަތޮޅުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުންތަކުގައި އަންނަނީ ސޮއި ކުރަމުންނެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި އިފްތިތާހުކޮށްފައެވެ. 

މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް