ads
ސިއްރު - 21 ވަނަ ބައި
އެޕިސޯޑް 21
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އަބަދުވެސް ތަރުތީބުން ޖެލްއަޕް ކޮށްފައި ހުންނަ އިސްތަށިގަނޑުވަނީ ހޭވިފަ އެވެ. ނިދީގެ އަސަރު އެއަޑުގައި އަދިވެސް އެބަހުއްޓެވެ. ގިނައިރު ނިދުމުގެ ސަބަބުން ދެ ލޮލުގައި ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ހުއްޓެވެ. ހަގީގަތުގައި މި ފިރިހެނާގެ ދެއަތުގެ ތެރޭގައި ހުންނަން އަހަރެން ފަކުރުގަންނާންޖެހެ އެވެ. 

އެކަމަކު އަހަރެންގެ ނަފުސުގެ ބަލިކަށިކަމަކީ ނުކުޅެދުންތެރިކަމެއްކަން ސާބިތުވެއްޖެ ނިމިއްޖެ އެވެ. 

ގޮތެއްފޮތެއް ނެތް މި އިންސާނާގެ އަމަލުތަކަށް އަހަރެންގެ ހިއްސުތައް ނަށަނީ އެވެ. މި ހަށީގައި އަޅަމުންމިދާ ވޭނުގެ ކޮންމެ ރިހުމަކީ އޭނާގެ ހަންޖަރުން ސީދާ އޭނާ ދީފައިވާ ޒަހަމްތަކެވެ. އެކަމަކު އަހަރެން މިހުރީ އަނިޔާވެރިޔާގެ އަތުތެރޭގަ އެވެ. ފުރަގަހުން ބައްދާލައިގެން އެހުރީ މިއީ އޭނާގެ އަމިއްލަ ތަރިކަ މުދާކަމަށް ހިތުން ގަބޫލުކޮށްގެންނެވެ.

އާއެކެވެ. އަހަރެންގެ ޖިސްމާއި ނަފުސާއި ފުރާނައާއި ކޮންމެ ހިއްސަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާއަށް އަހަރެން ހިބަކޮށްދީފައިވާ އޭނާގެ ހައްގެކެވެ. ލޮލުން ބޮލުން އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވޭ އެވެ. މެންދަމުގެ ގަޑިން ހަތަރެއް ޖެހީރު، އީތަން މުހައްމަދު މަނިކު އަހަރެންގެ ޖިސްމުން އުފާ ހޯދަމުން އެދަނީ، އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުތުރިއަރަމުންދާ އިހްސާސްތަކުގެ ކުޑަވެސް އިޝާރާތެއް އޭނާއަށް ނޭގިހުރެ އެވެ. 

އަހަރެންގެ މި ލޯތްބާއި މި އިހްސާސްތަކުގެ ލިސާނެއްވިޔަވެސް ނުދެމެވެ. ދުވަހެއްގައިވެސް އެފަދަ އިބާރާތެއް ދުލުން ހާމަކުރެވިފައި ނުވުން އެއީ އަހަރެންގެ ނަސީބެވެ. ރެއާއި ދުވާލުގެ އަންނައުނު ބަދަލުކުރާ ފަދައިން 'އަންހެން ކުދިން' ބަދަލުކުރާ މީހަކަށް ލޯތްބަކީ ކޯއްޗެއްކަން ރެއަކާވެސް ނުލާނެކަން އެނގެންޖެހޭނީ އަހަރެންނަށެވެ. 

މީގައި އޮތީ އަހަރެންގެ ކުށެވެ. މިހިތާއި މިޖިސްމުގެ ކުށެވެ! ކުށްވެރިޔަކީ އަހަރެންނެވެ!

"މިހާރަކަށް އައިސް، ރިދީއާއި ނުލައި ނިދުމަކީ ވަރަށް އުނދަގޫކަމެއް.. ތިޔަ ޖިސްމުގެ މީރުކަން އިހްސާސްވުމުން ނޫނީ ދެލޮލަކަށް ނިންޖެއް ނާދޭ.."އެއަޑު އަހަން ކަންފަތަށް ފަސޭހައެއް ނުވި އެވެ.

އޭނާ އެއްމިޔަކަނުން ހިނިއައިސްފައިވާކަން އަހަރެންގެ ހަވަނަ ހިއްސު ސިގުނަލްކުރި އެވެ. 

އަހަރުމެން ދެމީހުންގެ މެދުގައި އެއްވެސް މިންވަރެއްގެ ގޯހެއް ހިނގާފައި އޮތްކަމުގެ އިހްސާސެއްވެސް މި އިންސާނާނެ ކިބައިން ނުފެނެ އެވެ. ޖަނަވާރު ބަގީޗާއެއްގައި އިސްކޮޅުން ދިގު ކޮށްޓެއް ހަދާފައި ފުރަތަމަ ލާންޖެހޭނީ އީތަން މުހައްމަދު މަނިކުކަން ކަށަވަރެވެ!

"ދޫކޮށްލާ..! އަހަރެންގެ ގައިން ދޫކޮށްލާ..! ދުރަށް ދޭ!" ހަރުކަށިކަމާއި ނުރުހުމާއެކު އަހަރެން އަމުރުކުރީމެވެ.

"ގާތްކުރީ، ދޫކޮށްލާކަށް ނޫން..! ގާތްވީ ދުރަށް ދާކަށްވެސް ނޫން" އަހަރެންގެ ކަންފަތު ފޫޅުދަނޑީގައި ތުންފަތް ބީއްސާލަމުން، ވައިއަޑުން އޭނާ ބުނެލި އެވެ.

"ލީވް މީ.. ޕްލީޒް!" ކުރިއަށްވުރެން ހަރުކަށިކޮށް އާދޭސްކުރީމެވެ.

ނޫނެކޭ ބުނުމަށް ބޮލުން އިޝާރަތްކުރި އެވެ.

"ލީވް މީ- ސަރ!!" ހަރުއަޑުން އަހަރެން ހަޅޭއްލަވައިގަތީމެވެ. ކުއްލިޔަކަށް އަހަރެންގެ ގައިން އޭނާގެ އަތް ނައްޓުވައިލި އެވެ.

އީތަން ސަރ އާއި ކުރިމަތިލައި، ދެއަތުގައި ހުރި ބާރެއްލާފައި އަހަރެންނާއި ދުރަށް ކޮށްޕާލީމެވެ.

ތަފާތު ނަޒަރަކުން އަހަންނާއި ދިމާއަށް ސަރ ބަލައިލި އެވެ. އިރުކޮޅަކު ހުރެލުމަށްފަހު އަނގަޔަށް ވައްތަރެއް ޖައްސާފައި އަހަންނާއި ގާތަށް ފިޔަވަޅެއް އެޅި އެވެ. 

"ސޯ... އާރ ވީ ބެކް ޓު ދިސް؟" ޝައުގުވެރިކަމެއް ނެތް ރާގެއްގައި ބުނެލި އެވެ. 

"ބެކް ޓު ވަޓް؟" އަހަރެންވެސް ގޮތް ދޫކުރާ ހިޔާލެއް ނުކުރަމެވެ. އަމިއްލަ ދިފާއުގައި ތެދުވީމެވެ.

"ބެކް ޓު ދިސް.. 'ޔޫ އަރ މައި ބޮސް'، 'އައެމް ޔޯ ޕީ.އޭ..' ހާލަތު؟!" މަލާމާތުގެ ގޮތަކަށް އެއްމިޔަކަނުން ހިނިއައިސްފައި ދެޖީބަށް އަތްޖަހައިލަމުން ސަރ ބުނެލި އަތުން ކޮމާކޯޅީގެ ހަރަކާތް ދައްކާލާފައި އެވެ.

"އެއްވެސް އިރެއްގައި މި 'ހާލަތު' ބަދަލުވި ތޯ؟" ޒުވާބުކުރަން ޖެހުނަސް ހެޔޮކަމަށްބަލާފައި އަހަރެން ސުވާލުކުރީމެވެ.

"އަހަރެން ހީކުރީ.. ހީކުރެވިފައި އޮތީ އަހަރުމެން ދެމީހުންނަކީ ދެ ރައްޓެހިން ކަމަށް.." މިދެމެދުގައި އޮތް އެންމެ ބޮޑު ހަގީގަތަކީ ސަރގެ ނިންމުން ކަމަށް ބުނެދޭން ބޭނުންވިފަދަ އެވެ. 

"އަޅުގަނޑުވެސް ހީކުރީ.. އަދި ހީކުރެވިފައި އޮތީ ހަމަ ތިހެން .. ސަރ!!!" އަޑަށް ބާރުލަފައި ހަރުކަށިކަމާއެކު އަހަރެން ބުނެލީމެވެ. ކޮފީތަށި ހިފައިގެން އެތަނުން ދުރަށް ދިޔުމަށް އަހަރެން ހިނގައިގަތީމެވެ. 

ފަހަތް ބަލައިވެސްނުލައި އަހަރެން ނިކުތީ ގޭގޭ ބިއްދޮށު ފަރާތަށެވެ. އެތަނުގައި ހުރި ލަކުޑި ދިގު ގޮނޑީގައި އިށީންދެ އުޑުމަށްޗަށް ބަލައިލީމެވެ. ލޮލުގައި އުތުރިގަންނާން ތައްޔާރުވެފައިވާ އާވި މައިތިރިކުރެވޭނެ ގޮތެއް ހޯދަން މަޖުބޫރެވެ. އަހަރެންގެ ހާލަތާއި އަހަރެންގެ ނަސީބަކީ އަހަރެންގެ އަމިއްލަ އިހްސާސެވެ. އޭގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮންނާން އަހަރެން ބޭނުމެއް ނޫނެވެ. ދުނިޔޭގެ ދޫތަކުން ބުނެދެމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކާއި މުހާވިރާތައް އަހަރެން ކުށްވެރިކުރަމެވެ. ދުނިޔެއަށް އަންނަނީވެސް އެކަށްޏޭ، ނިމިދާނީވެސް އެކަންޏޭ ބުނާމީހުންގެ މެދުގައި ބޮޑުބަހުސެއް ދުވަހަކުވެސް ކުރެވިފައި ވޭބާ އެވެ؟ ތެދެކެވެ. އެކަނިވެރި ދުނިޔެއަށް ނޭވާލަނީ ﷲގެ ވާގިފުޅާއެކު އިންސާނާ އެކަންޏެވެ.

އެކަމަކު ނިމިދަނީ އެކަންޏޭ އެބުނަނީ ކީއްވެ ހެއްޔެވެ؟ ފުރާނަވަކިވެ، ހިމޭންވާހިނދު އެހެންމީހެއްގެ އެހީގައި ފަހުނޭވާ ބޭރުނުކުރާތީ ހެއްޔެވެ؟ އެހެންމީހުންގެ އަނިޔާއާއި ވޭނާއި ބޭއިންސާފުން ކެތްނުވެގެން ހިތް ފުނޑުފުނޑުވެ ލޭހޮޅިތައް ހުއްޓިގެން އިންސާނާ ހިމޭންވިޔަސް، އެކަމަކުގައި ނިންމާނީ ހަމައެފަދައިން ހެއްޔެވެ؟ ތަނަވަސްކަމާއި އުފަލާއި އަރާމާއި ލޯތްބަކީވެސް މި ދުނިޔޭގައި ވަކިބައެއްގެ ހައްގެކެވެ. ނިކަމެތީންގެ އަސްލަކީ، އެކަނިވެރިކަމާއި ކަރުނައާއި ހިމޭންކަމެވެ. 

ދުނިޔެއަށްޓަކައި އަހަރެންގެ ހިތުގައި އުތުރެމުންދިޔަ ޝަކުވާތައް  ބުރައިގެން ދިޔައީ ދާދި ގާތުން ހިލަމެއް ވުމުންނެވެ. ސުވާލު އުފެދުމުން ބަލައިލީމެވެ. އަހަރެންނާއި ދާދި ގާތުގައި އިނީ ސަރ އެވެ. ފެންނަކަމަށްވެސް ނުހަދާ، އެނބުރި އަހަރެންގެ ދުނިޔެއަށް ދަތުރުކުރީމެވެ.

"ހިތަށް އަރަނީ... މިރެއަށް ދުވަހަކުވެސް ނިމުމެއް ނާންނާނެނަމައޭ.."ސަރ ބުނެލި އެވެ.

އަހަރެންނާއި ވާހަކަދައްކަން ފަށާނެ މަގެއް ފަހިކުރަނީކަން އެނގެ އެވެ. ކުރިއަށްވުރެން ހަމަޖެހިލާފައި ތަރިތަކުގެ ބެބުޅުންތަކަށް އިންސާފުކުރަން އަހަރެންނާއި ބައިވެރިވި އެވެ. ރިހި ހަނދުވަރުގެ ރާނީތަކަށް އަހަރެން ބަލައިލަމުން ލޯ މަރައިލީމެވެ. އެހެން ރެއެއްގެ އެހެން ވަގުތެއްނަމަ، މިއީ އަހަންނަށް ލޮބިވެތި އުފަލަކަށްވީހެވެ. އެކަމަކު މިވަގުތު ސަރއަށް އަހަރެންގެ ފަރާތުން އެފަދަ މަރުހަބާއެއް ނުލިބޭނެ އެވެ. 

ހިމޭން ވަގުތުކޮޅެކެވެ. ނޭވާގެ އަޑުވެސް އިހްސާސެއް ނުވެ އެވެ. 

"އެންމެ ލަފްޒަކުން އަހަރެން ސިފަކުރާނެނަމަ މިވަގުތު އަހަރެންގެ ނަން ފެށެނީ 'އެސް'އަކުން.. ނިމެނީ 'ވައި'އަކުން..!" ކުޑަކުއްޖަކު ބުނެލާފަދަ ރާގެއްގައި ސަރ ބުނެލި އެވެ. 

އެ ބުނި އެއްޗެއް ފަހުމު ނުވުމުން އަހަރެން ވިސްނާލީމެވެ. ހީވި ހީވުމެއްގެ މައްޗަށް ގޮތް ނިންމީމެވެ.

"މާނައަކީ.. ސޮރީ!؟" ޔަގީން ނޫން ގޮތަކަށް އަހަރެން ސުވާލުކުރީމެވެ.

"ތިޔަ ސްމާޓް ސިކުނޑިއަށް އެވަރު ވިސްނެންޏާއި، ވީ އެންމެ އަވަހަކަށް އަހަންނަށް މައާފުކުރަން ވީނުން" ކެތްތެރިކަން ކޮޅުންލާފައިވާފަދަ ގޮތަކަށް ސަރ ބުނެލި އެވެ. އަހަރެންގެ ރުޅިގަނޑު އިތުރަށް މައްޗަށް އެރުން ނޫން އެހެންކަމެއް ނުވި އެވެ

"އޯކޭ! މިއީ ސަރގެ ރައްޓެއްސެކޭ ނުބުނެ، ޕަރސަނަލް އެސިސްޓެންޓްގެ ގޮތުގައި ތައާރަފްކުރުމުން، އެކަމާ މައާފފުކޮށްދެވިދާނެ.." ވިސްނުނު އެންމެ ރަގަޅު ޖަވާބު ދިނީމެވެ. 

"ހަމައެކަނި އެސަބަބަށްޓަކައެއްވެސް ނޫން..!" ބުއްދިއެއް ނެތް ދިގު އިސްކޮޅުގެ ޖިރާފް ސިކުނޑިން ކޮންމެވެސް މޮޅުއެއްޗެއް ބުނަން އުޅެފައިވެސް ދުލުން އިބާރާތެއް ބޭރުކުރާން ފަސްޖެހުނެވެ. 

އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިންކަން ޔަގީންވުމުން ބަލައިލީމެވެ. މޫނުމަތީގައި ވަނީ ހިމޭންކަމެވެ. ދެލޮލުގައިވަނީ ޝަކުވާއާއި އެތައް ސުވާލުތަކެކެވެ. ސީރިއަސް ބެލުމަކުން އަހަރެންގެ މޫނުން ފެންނާންހުރި އަސަރުތައް ދެނެގަންނާން މަސައްކަތްކުރަނީކަން ޔަގީނެވެ. ސިކުނޑިއާއި ހިތް އަރާރުންވަނީ އެވެ. ގޮތްނިންމުމުގައި ދުލުގެ އިހްތިޔާރެއް ނެތެވެ. އަހަރެންގެ ބުމަ މައްޗަށް އަރުވާލީމެވެ. އިޝާރާތެއްގެ ގޮތުންނެވެ.

"އެއީ.. އެއީ.. ޒާޔާ ގެނައުމާއި.. އަހަރެން... އޮފީހުގައި ކަމަށްބުނެ ... ހަގީގަތް ބުނެނުދިނުމާއި..." ނުހަނު އުނދަގުލުން ކިޔައިދެވޭތޯ އުޅުނެވެ. އަހަރެން ސަރ ހުއްޓުވީމެވެ.

"އިޓްސް އޯކޭ!" މާނައެއް ނެތް ނިންމުމެއް އަހަރެން އިއްވާލީމެވެ. 

"އިޓްސް އޯކޭ..! އިޓްސް އޯކޭ...؟؟؟" ޝައްކުގެ ނަޒަރަކުން އަހަރެންގެ ލޮލަށް ބަލައިލާފައި ސަރ ސުވާލުކުރި އެވެ. 

އަހަރެން ބުނި އެއްޗެއް އަޑުއިވުނުގޮތާއިމެދު ސުވާލު އުފައްދާފައިވާކަން ޔަގީނެވެ. އެހައި ފަސޭހައިން އަހަރެންގެ މައާފު ލިބޭނެކަން ޔަގީންކުރަން އަމިއްލަ ނަފުސުވެސް އެއްބަސް ނުވެގެން އުޅޭފަދަ އެވެ. 

"މިބުނީ.. އަސްލު... އާން.. އަހަރެން.. ވަރަށް އުފާވެއްޖެ! އުފާވެއްޖެ މައާފްކުރީމައި.. އެކަމަކު، އަހަރެންގގެ ހަޔާތަށް ޒާޔާ އަލުން ގެނައުމުން އެއްވެސް ޝަކުވާއެއްވެސް ނެތްތަ؟ އެވާހަކަ ނުބުނެ އަހަރެން ސިއްރުކުރީމައި ދެރައެއްވެސް ނުވޭތަ؟"

އަހަންނަށް ވިސްނައިދޭން މަސައްކަތްކުރަނީކަމެއް ނުވަތަ އަހަރެންނާއި ޖެހިގެން އިން، ހަފޫޓަށްވުރެން ދިގު އިންސާނާގެ އަމިއްލަ ނަފުސަށް އެއްޗެއް ވިސްނައިދޭން އުޅެނީކަމެއް އަހަންނަކަށް ނޭގެ އެވެ. އަމިއްލަ އިސްތަށިގަނޑުގައި ދެފަރާތުން ހިފައި އިރަންފަށާހައި ގަދަ ރުޅިއެއް، ބޮލުގައި ކޮޅުކޮޅަށް ދުވަންފެށި އެވެ.

ބޯ ހުންނަނީ ހަމައެކަނި 'ބިޒްނަސްކުރަން' ހެއްޔެވެ؟ ނޫނީ ހަމައެކަނި ޖެލް ލާފައި ފުނާއަޅަން ހެއްޔެވެ؟

"އިޓްސް އޯކޭ ސަރ.. އަޅުގަނޑުމެން މިއީ ސަރގެ ރައްޓެހިން.. ރައްޓެހިންގެ މެދުގައި ރުޅިއާއި ނަފްރަތަށް ޖާގައެއް ނޯންނާނެ..! އޭނާއަށް ސަރ މައާފްކޮށް އަލުން އިތުރުފުރުސަތެއް ދިނުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ.. ރައްޓެހިން އެކަކު އަނެކެއްގެ ނިންމުމަށް އިހްތިރާމް ކުރާނެ..!" ހިތުގައި ބޮޑު ބަރު ހިލަގަނޑެއް ބާއްވާފައި އަހަރެން ބުނީމެވެ.

އިތުރަށް އެތަނުގައި  އަހަރެން އިނުން ރަގަޅުކަމަށް ނުފެންނާތީ އަވަސް އަވަހަށް ތެދުވީމެވެ. ދެތިންފިޔަވަޅުވެސް ކުރިއަށް ނޭޅެނީސް، އަހަރެންގެ އަތުކުރީގައި ހިފާފައި ސަރ އާއި ދިމާއަށް ލުއްކިއެއް ޖެހި އެވެ. ނަތީޖާއަކީ ސަރގެ ދެއަތުގެ ތެރޭގައި އަހަރެންގެ ހަށިގަނޑު ހައްޔަރުވުމެވެ. ދެއަތުން އަހަރެންގެ ހަށިގަނޑު ވަށައިލި އެވެ. ދެމީހުންގެ ނޭވާ އަމާޒުވެފައިވަނީ ސީދާ ތުންފަތަށެވެ.

ނިދީގެ އަސަރު އަދިވެސް ނުފިލާހުރުމުން ސަރގެ ޗޮކްލެޓް ކަޅީގައި ވަރުބަލިކަން އެބަހުއްޓެވެ. މުޅި ރޭ ރުއިމުގެ ސަބަބުން އަހަރެންގެ ދެ ލޯ ރަތްވެފައިވާކަން މިވަގުތު ސިއްރެއް ނުވާނެ އެވެ. މައްސަލައެއް ނެތްތާ އެވެ. އެއީ އެހެންމީހަކު ހިބަކޮށްދިން ހަދީޔާއެއް ނޫނެވެ!

"ވީ އާރ ޖަސްޓް ފްރެންޑްސް..؟؟؟" ވައި އަޑުން ސަރ ސުވާލުކޮށްލި އެވެ.

އާއެކެވެ. އެއީ ރިހުން އެކުލެވުނު އަޑެކެވެ. ހިތްދަތި ސުވާލެކެވެ. އަހަރެންގެ ހިތުގައި ދެން އިން އެތިފުކެއްވިޔަސް އެ ސުވާލާއި ރާގައި އެ ރިހުމުގެ ސަބަބުން ފުނޑުފުނޑުވެއްޖެ އެވެ.

ދޭނެ ޖަވާބެއް ނޭގުނެވެ. ހަދާނެ ގޮތެއް ނުވެސް ވިސްނުނެވެ. ސަރގެ ލޮލަށްބެލުމަކީ މިވަގުތު އަހަންނަށް ކުޅަދާނަކަމެއް ނޫނެވެ. އެހެން ގޮތެއް ނެތުމުން އަހަރެންގެ ނަޒަރު ދުރަށްލީމެވެ. އެ ގާތްކަން އަހަރެންގެ ހިއްސުތަކުގެ އޮއެވަރު ބަދަލުކުރާނެ އެވެ. ޗޮކްލެޓްކުލައިގެ އެ ކަޅިއާއި އެ ރީތި ލޮލަކީ އަހަރެންގެ ބަލިކަށިކަމެވެ. 

ދެއަތުގެ ތެރެއިން މިންޖުވެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ.

"ޒާޔާ؟" ރިހުމުން ފުރިގެންވީ އާހަކާއެކު އަހަންނަށް ސުވާލުކުރެވުނެވެ. 

ހިތަށްއެރި ވަގުތަކު ހިތައް އެރި ކުއްޖަކު މި ދެއަތުގެ ތެރޭގައި ބޮނޑިކުރަނީ ކީއްވެބާ އެވެ. އަހަރެންގެ ރިހުން ސަރގެ ހިތާއި ހަމައަށް ދަތުރުކުރިކަމެއް ނޭގެ އެވެ. 

"ކޮބާ ޒާޔާ؟ އަހަންނަށް ހީވާގޮތުގައި ޒާޔާއަކީ ވަރަށް ރަގަޅުކުއްޖެއް.. ސަރ.. ޒާޔާއާއިބެހޭގޮތުން އިތުރަށް އެނގެން ވަރަށް ބޭނުން.." 

އަހަރެންގެ ދޫ އަހަންނަށް ބޭވަފާތެރިވެއްޖެ އެވެ. ހިތުގައި އޮތް ބަރު ހިލައިން ހިތް ޒަހަމްވަމުންދިޔަކަން އަހަރެންގެ ދުލަށް ނޭގެނީބާ އެވެ. އަހަރެންގެ ދެ ލޯ އާވިން ފުރުނުހިނދު ސަރއާއި ދުރަށް ބަލަންފެށީމެވެ. އެ ދެ ލޮލަށް ބަލައިގެން ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ވީ ކި*ޑް ރިދީ..! ... މީ އެންޑް ޒާޔާ..!" 

ވައިއަޑުން މަޑުމަޑުން އޭނާ ބުނެލި ބުނެލުން އަހަރެންގެ މުޅި ޖިސްމުގައި އަލިފާން ރޯކޮށްފި އެވެ. ކެއްތެރިކަމުގައިވެސް ކުޅާދާނަ މިންވަރެއް ވާނެ އެވެ. އެކަމަކު އަހަންނަށްޓަކައި މި ދުނިޔޭގައި އެކަމުގައިވެސް އިންސާފެއް ނެތެވެ. ދެލޮލުން ފައިބަންފެށީ ހޫނު އާތްވެކެވެ.(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް