ads
ކެޑޭޓުންތަކެެއް ޖަލްސާ އެއްގައި
ކޮވިޑް-19ގެ އޮޕަރޭޝަންތަކުގައި ކުރީގެ ކެޑޭޓުންނަށް ބައިވެރިވެވޭނެ
ކޮވިޑް-19 އާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިމުގެ ފުރުސަތު ކުރީގެ ކެޑޭޓުންނަށް ދީފި އެވެ.

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްއިން ބުނީ 1995 ފެށިގެން ކެޑޭޓްގައި އުޅެފައިވާ ފަރާތްތަކަށް ކޮވިޑް-19 އާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ ކަމަށެވެ. 

އެގޮތުން 18 އަހަރުން މަތީގެ ކޮންމެ ކެޑޭޓަކަށް ވެސް އެ ފުރުސަތު އޮތްއިރު އެހެންކަމުން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭންވާ ކެޑޭޓުން/ ބޭންޑް މި ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވޭނެކަމަށް އެތަނުން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ހިންގާ އެކި އޮޕަރޭޝަންތަކުގައި ކުރިން ކެޑޭޓުގައި މަސައްކަތްކުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު މި ދަނޑިވަޅުގައި އެމްއެންޑީއެފުން ވެސް ވަނީ ކުރިން ހިދުމަތްކުރި ސިފައިންނަށް ވޮލެންޓީއާކޮން މަސައްކަތްކުރުމުގެ ފުރުސަތުދީފަ އެވެ.

އޭގެ އިތުރުން ގެތަކަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ވޮލަންޓިއަރު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޔޫތް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ހިދުމަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް