ފަޒްނާގެ މަންމާފުޅު ޒަމީރާ އުމަރު އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ފަޒްނާގެ މަންމާފުޅު އަވާހަރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ފަޒްނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ.
ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ މަންމާފުޅަކީ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އިވާގެ ބޮޑުދައިތައެވެ.
ފަޒްނާގެ މަންމާފުޅު އަވަހާރަވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.